ނޫސްބަޔާން: ކަންބޮޑުވުން ފާޅުކޮށް އައްޑޫސިޓީން ނެރޭ ނޫސްބަޔާން (2)

ފެބްރުއަީ 8 ގައި އައްޑޫ ގައި ހިންގި އަލިފާނުގެ ޙާދިސާ އާއި ގުޅިގެން (ސ.ގަމުގެ ޕޮލިސް ސްޓޭޝަން،ރަށްރަށުގެ ކޯޓުތައް) ރޯކޮށް ގެއްލުން ދިން މައްސަލާގައި ތުހުމަތުކޮށް ރައްޔިތުންގެ މަޖްލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާއި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ކައުންސިލަރު އަޙްމަދު މިރުޒާދު (މިރާ) އާއި އެހެނިހެން މީހުންގެ މައްޗަށް ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުން ކުރާ ދަޢުވާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

08 ފެބްރުއަރީ 2012 ވަނަ ދުވަހު އައްޑޫ ސިޓީގެ ބައެއް ކޯޓުތަކާއި ސ.ގަމުގެ ޕޮލިސް ސްޓޭޝަން ރޯކޮށް ގެއްލުންދީ އައްޑޫގެ ބައެއްފަރާތްތަކުން ހިންގާފައިވާ ނާތަހުޒީބު ޢަމަލުގެ މޭސްތިރިންނަށް އެމްޑީޕީގެ ޢާއްމު މެމްބަރުންނާއި އަދި ރައްޔިތުންގ މަޖްލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު އަދި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެމްބަރު އަޙްމަދު މިރުޒާދު އެއްވެސް ކަހަލަ ސާބިތު ހިފޭ ހެއްކެއް ޤަރީނާ އެއްނެތި ބިރު ދެއްކުމުގެ ގޮތުން ރާއްޖޭގެ ޝަރުޢީ ނިޒާމް މެދުގައި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމުގެ ވާހަކަ ދެކެވޭއިރު އާއި، އަދި ބޭރުގެ ޤާނޫނީ މާހިރުންނާއި އ.ދ އިން ވެސް މިރާއްޖޭގެ ޝަރުޢީ ނިޒާމުން އިންސާފު ޤާއިމް ނުވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ހިނދު ކޯނި ރިޕޯރޓް ނެރޭ ދުވަސް ކައިރިވަމުންދާތީ ސިޔާސީ ބޭނުމަކަށްޓަކައި ސިޔާސީ މަޤްޞަދު ޙާޞިލު ކުރުމުގެ ބޭނުމުގައި ރިޕޯރޓް ނެރުމުގެ ކުރީން އެދުވަހާ ދިމާކޮށް 15،އަހަރާ 10 އަހަރާ ދެމެދުގެ ޓެރަރިޒަމްގެ ދަޢުވާ އެ މީހުންގެ މައްޗަށް ހުށަހަޅައި ޕްރޮސިކުޓާރ ޖެނެރަލް އިން ޝަރީޢަތަށް ފޮނުވާތީ،މިކަން ވީހާވެސް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ޕޮރޮސެކިއުޓަރ ޖެނެރަލް އަށް އެ މުއައްސަސާގެ ޒިއްމާ އެއިގެ އެންމެ ފުރިހަމަޭ ގޮތުގައި އަދާ ނުވާތީ ޤާނޫން އަސާސީގެ 220 ވަނަ މާއްދާގެ ނޫނު ގެ ދަށުން ޕްރޮސިކިއުޓާރ ޖެނެރަލް އަކީ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި އޭނައަށް ލިބިފައިވާ ބާރު ބޭނުން ކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކަން ކުރާ އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއް ދަށުގައިވާ މީހަކަށް ވެގެންނެއް ނުވާނެއެވެ. ޕްރޮސިކިއުޓާރ ޖެނެރަލްގެ މަސްއޫލިއްޔަތޔ އަދާ ކުރަންވާނީ އެއްވެސް ފަރާތަކަށް ޖެހިލުމެއްނެތި ،ވަކިފަރާތަކަށް މަންފާ އެއް ހޯދައި ދިނުމެއްނެތި ތަޢައްސުބުން އެއްކިބާވެ ހުރެ ހަމަހަމަ ކަމާއި ހާމަކަމާއި ޖަވާބުދާރީ ވުމުގެ މައްޗަށެވެ. އެހެންކަމުން އެކި އެކި މީޑިއާ ތަކުން އަޑު ފެތުރެމުންދާ ގޮތުން މަޖްލިސް މެމްބަރުންނާ އަދި ކައުންސިލަރުުންގެ މައްޗަށް ދަޢުވާ ކުރަމުންގެންދަނީ މިފަދަ ދަނޑިވަޅެއްގައި ޤަވްމީ ސަލާމަތަށްޓަކައި އޭ ކިޔާ ވަކިބައެއްގެ މަޤްޞަދު ޙާޞިލްް ކުރުމުގެ ބޭނުމުގައި މިފަދަ ނާތަހުޒީބީ ޢމަލު ތިޔަފަރާތުން ރައްޔިތުންގެ މައްޗަށް ހިންގައި އެއްވެސް ޤާނޫނީ ތަޢައްސަބެއް ނެތި މިފަދަ ދަޢުވާ ތައް ރައްޔިތުިންގެ މައްޗަށް ކުރަމުން ގެންދާތީ މިކަން އައްޑޫ ސިޓީ އެމްޑީޕީގެ ފަރާތުން އެންމެ ހަރިކަށި ޢިބާރާތުން ކުށްވެރިކޮށް މިފަދަ ޢަމަލުތައް ނުހިންގުމަށް ގޮވާލަމެވެ،އަދި އެހެންމެ އެކަށީގެންވާ ހެކި ނެތި ރައްޔިތުންގެ މައްޗަށް ދަޢުވާ ނުކުރުމަށް ވެސް ގޮވާލަމެވެ. ރައްޔިތުން ވޯޓް ދީގެން ހޮވާފައިވާ ރައްޔިތުންގެ މަންދޫބުންނަކީ ފުރިހަމަ ޤަދަރާއި އިޙްތިރާމް ލިބިގެންވާ ބަޔަކަށް ވެފައި 8 ފެބްރުރައރީ ވަނަ ދުވަހުގެ ރޭ ފޭދޫ ކައުންސިލރަ އަޙްމަދު މިރުޒާދު އޮތީ ފޭދޫ ސިއްޙީ މަރުކަޒުގައި އެނދުމަތި ކުރެވިފައިވާ ވާހަކަވެސް ދަންނަވައި މިފަދަ ދަނޑިވަޅެއްގައި މިރުޒާދަށް ތަންތަން ރޯކޮށް ގެއްލުން ދިނުުމަށް ދެވޭނީ ކޮންގޮތަކަށް ކަންވެސް ތިޔަފަރާތުން އަންގާލަ ދެއްވުމަށްވެސްް ގޮވާލަމެވެ. އަދި ބަޔަކު ޖަހާ ސިޔާސީ ބޯޅަޔަކަށް ތިޔަފަދަ މުޢައްސަސާ އެއް ވެގެން ދިޔުމަކީވެސް ތި މުަައައްސަސާ ގެ އަގު ރައްޔިތުން ކުރިމަތީގައި ވެއްޓި ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިއުމެވެެ.ޤާނޫން އަސާސީގެ 23 ވަނަ މާއްދާގެ (ނ) ގެ ދަށުން ޖިނާއީ ކުށެއްކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖެގެ ކޮންމެ ކޯޓެއްގައި ދަޢުވާ ކުރުމުގެ ބާރުލިބިދީ ފައިވީ ހިނދު ދއުލަތުގެ 3 ބާރުގެ ތެރޭން ވެރިކަން ހިންގުމުގެ ބާރުން ފުލުހުންގެ މުއައްސަސާ ބޭނުންކޮށް ވަކު ފަރުދުންނަށް ޖަމާޢަތުގެ ޙައްޤު ތަކަށް އަރައިގަނެ ޤާނޫން އަސާސީ އާއި ޚިލާފަށް މައްސަލަތައް ބަލާ ދަޢުވާ ކުރުމަށް ޕްރެސެކިއުޓާރ ޖެނެރަލް އަށްވެސް ގޮވާލަމެވެ.އަދި މިފަދަ ނާތަހުޒީބީ ޢަމަލްތައް ރާއްޖޭގެ ޝަރުޢީ ދާއިރާއިން ނުކުރުމަށް ވެސް ގޮވާލަމެވެ. އަދި އެހެންމެ ސިޔާސީ މަޤްޞަދު ޙާޞިލް ކުރުމަށް މި ދަނޑިވަޅުގައި ( 30 އޮގަސްޓް 2012) ގައި ކޯނީ ރިޕޯރޓް ނެރޭ ދުވަހަށް ވެފައި އެދުވަހާއި ދިމާކޮށްް އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި މެމްބަރުންނާއި އަދި އެނޫން މެމްބަރުންތައްވެސް ހިފާ ހައްޔަރު ކުރުމީ ރާއްޖޭގެ ބަޤާވާތް ކުރި ފުލުންގެ ނުކުޅެދުން ތެރިކަން އެއިން ދައްކުވައިދޭ ކަމެއްކަމުގައި އައްޑޫ ސިޓީ އެމްޑީޕީ ދާއިރާ އިން ފާހަނގަކޮށް 07 ފެބްރުއަީ 2012 ވަނަ ދުވަހުގައި ދިވެހި ފުލުހުންނާއި ސިފައިން އަދި ރައްޔިތުންގެ މަޖްލިސްގެ ބައެއް މެމްބަރުން ތަކާއި އަދި އެހެންމެ ބައެއް ސިޔާސީ ޕާރޓީތަކާއި ރާއްޖޭގެ ބައެއް ދީލީ ޢިލްމު ވެރިންނާއި ބައެއް މުއްސަދީން ގުލިގެން ރާއްޖޭގެ ރައްޔިތުން 2008 ނޮވެމްބަރ 11 ގައި ވޯޓަކުން އިންތިޚާބުކޮށްފައި ހުރި ރައީސް ބަޤާވާތަކުން ބިރުދައްކައިގެން ގޮނޑިން ވައްޓައި ވެރިކަން ފޭރިގަތް މައްސަލަޔާއި އަދި ހަމަ އެހެންމެ އެދުވަހު އެމްޑީޕީ ހަރުގެ ތަކަށް ދިން ޙަމަލާ އާއި މިފަދަ ޓެރަރިޒަމް ޢަމްލްތަކުގެ މައްޗަށް ދަޢުވާ ނުކުރަނީ އެއީ ހުއްދަ ޖިހާދުގެ ތެރޭގައި ހިމެނޭ ކަންތައްތަކަށް ވެގެންތޯ އަދި 8 ފެބްރުއަރީގައި ރައްޔިތުންނަށް ކުރި އަނިޔާ،އެހެންކަމުން ހަމަހަމަކަމާއި އިންސާފެއް ނެއްތަނެއްގައި ހަމަޖެހުން ދުވަހުވެސް ނޯންނާނެ ކަން ޕްރޮސިކުއުޓާރ ޖެނެރަލް އަދި ރާއްޖެގޭ މިހާރު ޤާއިމްވެފައި އޮތް ބަޤާވާތުގެ ސަރުކާރަށް ދަންނަވަމެވެ. އަދި ހަމަ އެހެންމެ އައްޑޫގެ އެއްވެސް ރައްޔިތަކު މި ދަނޑިވަޅުގައި ހައްޔަރު ނުކުރުމަށާއި މި ކުރަމުންދާ ދަޢުވާ މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ގޮވާލަމެވެ.

ބަޔާން ނެރުނީ: އައްޑޫ ސިޓީ ( އެމްޑީޕީ )
އަޙްމަދު އަދުހަމް ( އައްޑޫ ސިޓީގެ ރަައީސް )