އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ކުރިމަތިލާ ކެންޑިޑޭޓުން ހޮވުމަށް ހުކުރު ދުވަހު ބާއްވާ ޕްރައިމަރީސްގައި ވޯޓުލުމަށް ހަމަޖެހިފައިވާ އިންތިހާބީ ދާއިރާތަކަށް ބަދަލު އަތުވެއްޖެއެވެ.
މިޖެނުއަރީ 30 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް ބާއްވާ ޕްރައިމަރީސްގައި ވޯޓުލުމަށް މިހާރު ހަމަޖެހިފައިވަނީ 11 އިންތިހާބީ ދާއިރާއަކުން ޖުމުލަ 14 ރަށެއްގައެވެ. އަދި ކުރިން ހަމަޖެހިފައިވާ ގޮތަށް އެދުވަހު މާލޭގެ 4 ދާއިރާއެއްގައިވެސް މިޕްރައިމަރީސްގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައެވެ.
މިޕްރައިމަރީސް ބާއްވާ ދާއިރާތަކުގެ ތެރެއިން މާލޭގައި ތިބި އެދާއިރާތަކުގެ އެމްޑީޕީ މެންބަރުންނަށް ވޯޓުލުމުގެ އިންތިޒާމް އަންނަ ހުކުރު ދުވަހު މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް އިމާދުއްދީން ސްކޫލުގައި ހަމަޖެހިފައިވާނެއެވެ.
މިޕްރައިމަރީސް ބާއްވާ އިންތިހާބީ ދާއިރާތަކަކީ
1. ކ2 (މާލެ އަތޮޅު އުތުރު)
2. ގއ1 (ކޮލަވިލިނގިލި)
3. ގދ1 (ތިނަދޫ)
4. ޏ1 (ފުވައްމުލަކު އުތުރު)
5. ސ3 (މަރަދޫ،މަރަދޫ ފޭދޫ)
6. ސ4 (ހިތަދޫ)
7. ސ5 (ހިތަދޫ)
8. މާލެ MA2 (މަންޗަންގޮޅި ދެކުނު)
9. މާލެ H3 (ހެންވޭރު ދެކުނު)
10. މާލެ M4 (ވިލިމާފަންނު)
11. މާލެ H2 (މެދު ހެންވޭރު)