އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ފުލުހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދަށް ފުލުހަށް ހާޒިރުވުމަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ރައީސް ނަޝީދަށް ފޮނުވި ސިޓީގައި ފުލުސް އޮފީހުން އެދިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު 10 ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމަށެވެ.

ފޯން ކޯލެއްގެ މައްސަލަ ބެލުމަށް ރައީސް ނަޝީދު މި ހަފުތާގައި ފުލުސް އޮފީހަށް ހާޒިރުކުރާނެ ކަމަށް ފުލުސް އޮފީހުން މިދިޔަ ހަފުތާގެ ތެރޭގައި ބުނެފައިވީ ނަމަވެސް ފުލުހުން މިއަންނަ ބުރާސްފަތި ދުވަހު އެމަނިކުފާނު ފުލުހަށް ހާޒިރުކުރަނީ ކީއްވެގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް އެމްޑީޕީގެ އިސްވެރިން ހައްޔަރުކުރުން ވަނީ އާންމު ކަމަކަށްވެފައެވެ. އަދި އޭގެ ސަބަބުން އެތެރެއާއި ބޭރުން ބަޣާވާތުގެ ސަރުކާރަށް ދަނީ ޕްރެޝަރ ކުރިމަތިވަމުންނެވެ.