އައްޑޫ ސިޓީގެ ފޭދޫން ހައްޔަރުކުރި އެމްޑީޕީ ސަޕޯޓަރުން ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

އައްޑޫ ސިޓީގެ ފޭދޫން ހައްޔަރުކުރި އެމްޑީޕީ ސަޕޯޓަރުން ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް އެމްޑީޕީ ފޭދޫ ދާއިރާއިން މައުލުމާތުދީފިއެވެ.

ފޭދޫ ދާއިރާއިން ހައްޔަރުކޮށްފައިވާ 6 މީހުންގެ ތެރެއިން ގޭ ބަންދަށް ދޫކޮށްފައިވާ އެރަށު ކީރަންމާގޭ ރަހުމާ ޢަބްދުﷲ ފިޔަވައި، އައްޑު އަތޮޅު ގަމުގައި ހުންނަ ޑިޓެންޝަން ސެންޓަރެއްގައި މިވަގުތު ހައްޔަރުކޮށްފައި ތިބި އެމްޑީޕީގެ 6 މެންބަރުން އިއްޔެ ހަވީރު 4 ން ފެށިގެން ގެންދަނީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރަމުންނެވެ.

އެމްޑީޕީގެ ޓިކެޓްގައި އައްޑޫ ސިޓީ ކައުންސިލަށް ފޭދޫ ދާއިރާއިން އިންތިޚާބުވެފައިވާ އަހުމަދު މިރުޒާދު އާއި، އޭނާގެ ބައްޕަ އާއި ބޭބެ އަކު ވެސް ހިމެނޭ ގޮތުން ޖުމްލަ 6 މީހަކު ބަނޑުހައިހޫނު ކަމުގެ ހަޅުތާލުކުރަމުންދާތާ 22 ގަޑިއިރު ވެފައިވާއިރު، އެ ފަރާތްތަކުން ބަނޑުހައިހޫނު ކަމުގެ ހަޅުތާލުކުރަމުން ދަނީ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް އެމްޑީޕީ ފޭދޫ ދާއިރާއިން ބުނެއެވެ.