![NEC 03-07-12 (3)](http://mdp.org.mv/wp-content/uploads/2012/07/NEC-03-07-12-3.jpg)
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީ (އެންއީސީ) ގެ މިއަދުގެ ބައްދަލުވުން އޮންނާނީ އެމްޑީޕީ ސެކްރެޓޭރިއަޓުގެ ފުރަތަމަ ފަންގިފިލާ، އެމްޑީޕީ ކޮންފަރެންސް ރޫމުގައެވެ.
މިއަދު މެންދުރުފަހު 3 ޖަހާއިރު ފަށާ މި ބައްދަލުވުމުގައި ވެސް މުހިންމު ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ.
އެމްޑީޕީގެ އެންއީސީ އަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކޮންމެ ދެ ބައްދަލުވުމެއްގެ ދެމެދުގައި ގައުމީ މަޖިލީހުގެ އެންމެހާ މަސްއޫލިއްޔަތު އަދާކުރުމަށް ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އައްޔަންކޮށްފައިވާ ކޮމިޓީއެވެ. މި ކޮމިޓީގައި ހިމެނެނީ އެ ޕާޓީގެ ލީޑަރޝިޕާއި، ޕާލަމެންޓްރީ ގްރޫޕާއި، އެ ޕާޓީގެ ކެބިނެޓް މެންބަރުންގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އާއި ސެކްރެޓަރީ ޖެނެރަލްގެ ނާއިބު އެވެ.
މިއަދު މި ބާއްވަނީ އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 115 ވަނަ ބައްދަލުވުމެވެ.