އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 114 ވަނަ ބައްދަލުވުން ބާއްވައިފި

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 114 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

އެމްޑީޕީ އޮފީހުގެ ކޮންފަރެންސް ހޯލުގައި މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ އެޕާޓީގެ ފަރާތުންރާވާ ރަސްމީދަތުރުތަކުގެ އޮނިގަނޑު އެކުލަވާލުމާއި ބެހޭ ގޮތުންނާއި، ކޮމިޝަން އޮފް ނޭޝަނަލް އިންކުއިރީގެ ނިންމުމަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކާއި، ރައްޔިތުންގެ މަޖިލީހުގައި ބަޣާވާތުގެ ސަރުކާރުގެ ވަޒީރުންނާ އެމްޑީޕީން ސުވާލުކުރުމާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމާއި ބެހޭ ގޮތުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކެވެ.