އިޢުލާން: އެމްޑީޕީ އިލެކްޝަން 2012

MDP/2012/I-030

އެމްޑީޕީ އިލެކްޝަން 2012

މި ޕާޓީގެ ދާއިރާތަކުން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބް 31 އޮގަސްޓް 2012 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފީމެވެ.

ވީމާ މިމަޤާމްތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަޤާމަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ ސެކްރެޓޭރިއަޓަށް 05 ޖުލައި 2012 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

1. ށ ކަނޑިތީމު ދާއިރާގެ ރައީސް
2. ހދ. ނޮޅިވަރަމް ދާއިރާގެ ނާއިބު ރައީސް
3. ރ. ދުވާފަރު ދާއިރާގެ ސެކްރެޓަރީގެ ނާއިބު
4. ފޭދޫ ދާއިރާގެ ސެކްރެޓަރީގެ ނައިބު
5. ތ، ކިނބިދޫ ދާއިރާގެ ރައީސް
6. ޏ ފުވައްމުލަކު ދެކުނު ދާއިރާގެ އިންތިޒާމް ސެކްރެޓަރީ

މިހެންވެ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ތާރީޚް: 30 ޖޫން 2012