ނޫސް ބަޔާން: ރައީސް މުޙައްމަދު ނަޝީދު ވޮޝިންޓަން ޑީސީ ގައި ތަޤްރީރު ކުރެއްވުން

ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 53
ތާރީޚް: 25 ޖޫން 2012 (ހޯމަ)

ދިވެހިރާއްޖޭގެ ޑިމޮކްރަސީ ސުވާލެއްގެ ތެރޭގައި:
ރައީސް މުޙައްމަދު ނަޝީދު ވޮޝިންޓަން ޑީސީ ގައި ތަޤްރީރް ކުރައްވަނީ.

މި އިވެންޓް ވަގުތުން ވެބްކާސްޓް ކުރަން ފަށާނީ މާލޭ ގަޑިން ރޭގަނޑު 10.00 ގައި./ އީ.ޑީ.ޓީ އިން މެންދުރުފަހު 1.00

ވެބްސައިޓަށް ޒިޔާރަތް ކޮށްލައްވާ: http://www.usip.org/webcasts

ލައިވް ޗެޓާއި އޮންލައިން ކޮށް ބައްލަވާ ބޭފުޅުންނަށް ޕެނަލިސްޓުންނާ ވާހަކަދެއްކެވުމުގެ ފުރުސަތު އަދި އެކަކު އަނެކަކާ ވާހަކަދެއްކުމުގެ ފުރުސަތު #NasheedUSIP ލިބިލައްވާނެ.

25 ޖޫން 2012، ނިއުޔޯކް، އެންވައި – ދިވެހި ޖުމްހޫރިއްޔާގެ އިންތިޚާބީ ރައީސް މުޙައްމަދު ނަޝީދު، ޔޫއެސް އިންސްޓީޓީއުޓް އޮފް ޕީސް؛ 2301 ކޮންސްޓިޓިއުޝަން އެވެނިއު، އެން ޑަބްލިއު، ވޮޝިންގްޓަން ޑީސީ ގައި މިއަދު، 25 ޖޫން ގެ މެންދުރުފަހު 1.00 ތަޤްރީރް ކުރައްވާނެއެވެ. ރައީސް ނަޝީދަކީ ދިވެހިރާއްޖޭގައި އިންތިޚާބު ކުރެވުނު ފުރަތަމަ ޑިމޮކްރަޓީކް ރައީސް އެވެ. އެހެންނަމަވެސް މީގެ ހަތަރުމަސް ކުރިން އެމަނިކުފާނު ވެރިކަމުން ދުރުކޮށްފައިވަނީ، މީހުން ސިފަކުރާގޮތުގައި ހަތިޔާރު އަޅައިގެން ތިބި ގްރޫޕަކުންނެވެ. 2008 ވަނައަހަރު ގެ ރިޔާސީ އިންތިޚާބްގެ ކުރިން މައުމޫން އަބްދުލް ޤައްޔޫމްގެ 30 އަހަރުގެ ވެރިކަމާ ދެކޮޅަށް، ރައީސް ނަޝީދު އިސްވެހުންނަވާ ވަނީ ސުލްހަ ވެރިކަމާއެކު އަޑު އުފުއްލަވާފައެވެ.

ރައީސް ނަޝީދު އިންތިޚާބު ވެވަޑައިގެންނެވުމަށްފަހު، ދާދިއަވަހަށް އެބޭފުޅާވަނީ މޫސުމަށް އަންނަބަދަލާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ޗެމްޕިއަންއެއްގެ ގޮތުގައި މުޅިދުނިޔެއަށް މަޝްހޫރު ވެވަޑައިގެންފައެވެ. ޑިމޮކްރެޓިކް ހަމަތަކުގެމަތިން އިންތިޚާބްވެވަޑައިގެން ރައީސް ގެ ފުރަތަމަ އަހަރު ގައި ކަންހިގައިދިޔަ ގޮތުގެ ތަރުތީބް ދައްކުވައިދޭ ޑޮކުމަންޓްރީ ‘ދިއައިލަންޑް ޕްރެޒިޑަންޓް’ މިހާރު ވަނީ ތިޔަޓާ ތަކާ އައި ޓިއުންސް ގައި އަޅުވާފައެވެ. ރާއްޖޭގައި ކުރިއަށްދާ ހަމަނުޖެހުންތައް އައިސްފައިވަނީ އިސްލާމީ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ނާޒުކު ދަނޑިވަޅެއްގައެވެ. މިފަހުގެ ހާދިސާތަކާއި އަދި މެދުއިރުމައްޗާއި އުތުރު އެފްރިކާއަށް ސިޔާސީ ގޮތުންއަންނަ ބަދަލުތަކާއި ސުލްހަވެރި އިހްތިޖާޖްތަކާމެދު އޭނާ ދެކެވަޑައިގަންނަވާ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ސުލްޙަވެރި ޙަރަކާތްތަކާ، ޑިމޮކްރަސީއާއި މޫސުމަށް އަންނަ ބަދަލާ ބެހޭގޮތުން ރައީސް ނަޝީދައި މަޝްވަރާ ކުރައްވާ، ‘ދިއައިލެންޑް ޕްރެޒިޑެންޓު’ ވެސް އެމެރިކާގައި ސްކްރީން ކުރާނެއެވެ. އިންޓަނެޝަނަލް ސެންޓަރ ފޮ ނަންވައިލަންޓް ކޮންފްލިކްޓާ ގުޅިގެން ބާއްވާ މިއިވެންޓްގައި ރައީސް ނަޝީދާއިކު މަޝްވަރާ ކުރިއަށް ގެންދަވާނީ ޑރ. ޕީޓަރ އެކަމަންއެވެ.

ވާހަކަދައްކަވާ ބޭފުޅުން
ރައީސް މުހައްމަދު ނަޝީދު (މަޝްވަރާ) އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް.
ރިޗަޑް. އެޗް. ސޮލަމަން (ތައާރަފް ގެ ބަސް) ޔޫ.އެސް.ޕީ.އައި ގެ ރައީސް.
ޕީޓަރ އެކަމަން (މަޝްވަރާ) ފޮއުންޑިން ޗެއަރް، ސެންޓަރ އޮން ނޮންވައަލަންޓް ކޮންފްލިިކްޓް.

ފަށާ ގަޑި: ޖޫން 25، 2012 – 1.00 މެންދުރުފަސް
ނިމޭގަޑި: ޖޫން 25، 2012 – 2.30 މެންދުރުފަސް

ތަން: ޔޫއެއް އިންސްޓިޓިއުޓް އޮފް ޕީސް ހެޑްކުއާޓަރސް، 2301 ކޮންސްޓިޓިއުޝަނަލް އެވެނިއު، އެން.ޑަބްލިޔު، ވޮޝިންގްޓަން، ޑީސީ 20037

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް