އުސްފަސްގަނޑު އިތުރު 3 މަސް ދުވަހަށް އެމްޑީޕީއަށް

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ އުސްފަސްގަނޑު މި ފެށޭ ޖުލައި މަހުން ފެށިގެން ސެޕްޓެމަބަރު މަހުގެ ނިޔަލަށް މާލެ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދޫކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން އުސްފަސްގަނޑު އެމްޑީޕީއަށް ދީފައިވަނީ މަިމަހުގެ ނިޔަލަށް އެ ޕާޓީއަށް އުސްފަސްގަނޑު ދީފައިވާ މުއްދަތު ހަމަވާތީ 6 މަސް ދުވަހުގެ މުއްދަތަށް އުސްފަސްގަނޑު ހޯދުމަށް އެމްޑީޕީން މާލެ ސީޓީ ކައުންސިލްގައި އެދުމާގުޅިގެންނެވެ.

އުސްފަސްގަނޑު އެމްޑީޕީއާ އިތުރު 3 މަސް ދުވަހަށް ހަވާލުކުރި އިރު، ބާޣީ ސަރުކާރުން ވަނީ އެތަން އެމްޑީޕީގެ އަތުން ނެގުމަށް އެތައް ގޮތަކުން ނާކާމިޔާބު މަސައްކަތެއްކޮށް، އެންމެ ފަހުން ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން އުސްފަސްގަނޑަށް އަރައިގަނެ އެތަން ސުންނާފަތިކޮށްފައެވެ.