އއ. މަތިވެރި އަދި އދ. ހަންޏާމީދޫ ކައުންސިލްގެ ބައި-އިލެކްޝަން ކުރިއަށް

އއ. މަތިވެރި އަދި އދ. ހަންޏާމީދޫ ކައުންސިލުގެ ބައި އިލެކްޝަންގެ ވޯޓުލުން މާލެއާއި ހަންޏާމީދޫ އަދި މަތިވެރީގައި މިއަދު ހެނދުނު 8 ން ފެށިގެން ކުރިޔަށް އެބަދެއެވެ.

ހަވީރު 4 ގެ ނިޔަލަށް ކުރިޔަށްދާ މި ބައި-އިލެކްޝަންތަކުގެ ވޯޓުފޮށި ބަހައްޓާފައިވަނީ އއ. މަތިވެރި ކައުންސިލްގެ ބައި-އިލެކްޝަނަށް ވޯޓުލުމަށް އއ. މަތިވެރި ސްކޫލުގެ ހޯލުގައި ބަހައްޓާފައިވާ އެއް ވޯޓު ފޮށްޓާއި އދ. ހަންޏާމީދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް ވޯޓުލުމަށް އދ. ހަންޏާމީދޫ މަދަރުސާގައިބަހައްޓާފައިވާ އެއް ވޯޓު ފޮށްޓާއި މިދެ ބައި-އިލެކްޝަނަށް ވޯޓުލުމަށް މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށްޓެކެވެ. މާލޭގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އިސްކަންދަރު ސްކޫލްގެ ހޯލުގައެވެ.

މި އިންތިޚާބުތަކުގެ ތެރެއިން އއ.މަތިވެރީ ކައުންސިލަށް އެމްޑީޕީން ވާދަކުރައްވަނީ އެ ރަށު ޑައިމަންޑްހައުސް އަލީ ރިޝާމް އެވެ. ހަންޏާމީދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ އދ. ހަންޏާމީދޫ ޝަބްނަމީގޭ އަހުމަދު ފިރާގް އެވެ.