ޚާއްޞަ ދެންނެވުން: މިއަދު ކުރިއަށްދާ އެމްޑީޕީ އިންތިޚާބު 2012 ގެ ވޯޓުލުން މިރޭ އިރު އޮއްސި 7 އާ ހަމައަށް ކުރިއަށްދާނެ

MDP/2012-DN-006

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ، ޗެއަރޕާސަން، ޗެއަރޕާސަންގެ ނައިބު އިދާރީ އަދި ބައެއް ދާއިރާތަކުގެ ހިންގާ ކޮމިޓީން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ “އެމްޑީޕީ އިންތިޚާބު 2012″، ގައި، މެންދުރުފަހުން ގިނަ އަދަދެއްގެ ބަޔަކު ވޯޓުލުމަށް ހާޒިރުވަމުން ދާތީ އާއި، މިއަދު 4 ގެ ނިޔަލަށް ވޯޓުލުން ނިންމާލައިފި ނަމަ ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގު ގެއްލިދާނޭ ކަމަށް މި ޕާޓީއަށް ފެންނާތީ އާއި، ވޯޓުލެވޭ ވަގުތު އިތުރުކުރުމަށް ވަރަށް ގިނަ މެންބަރުން އެދެމުންދާތީ މި އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު މިރޭ އިރުއޮއްސި 7 އާ ހަމައަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މި އިންތިޚާބުގައި މާލޭގައި ވޯޓުލަމުންދާ މަރުކަޒުތަކަކީ:

1. މާލެ ސިޓީ ހޯލް (ކުރީގެ ގައުމީ ކުތުބުޚާނާ)– އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ މާލޭގެ ރަށްވެހިންނަށް

3. މަންދު ކޮލެޖް (ކުރީގެ އެމްއީއެސް ހިންގި އިމާރާތް) – މާލޭގައި ދިރިއުޅޭ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ އެމްޑީޕީ މެންބަރުންނަށް

4. އެމްޑީޕީ ހަރުގެ (އަމީނީ މަގު) – ގއ، ގދ، ޏ އަތޮޅު އަދި އައްޑޫ ސިޓީގެ އެމްޑީޕީގެ މެންބަރުންނަށް
އަތޮޅު ތަކުގައި ވޯޓުލަމުންދަނީ އެރަށެއްގެ އެމްޑީޕީގެ ފޯކަލް ޕޮއިންޓް ކަނޑައަޅާ ތަނެއްގައެވެ.

16 ޖޫން 2012

– އެމްޑީޕީ އިންތިޚާބާއި ބެހޭ ކޮމިޓީ-