އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބާއްވާ ޕްރެސްކޮންފަރެންސް އެއް މިއަދު ހަވީރު އޮންނާނެ

1 ޖުލައި 2010

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ބާއްވާ ޕްރެސް ކޮންފަރެންސް އެއް މިއަދު ހަވީރު 4.30 ގައި އެމްޑީޕީ ސެކްރެޓޭރިއަޓް ގައި އޮންނާނެ ކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕް އޮފީހުން ބުނެފިއެވެ.
މި ޕްރެސް ކޮންފަރެންސް އަކީ ކެބިނެޓްގެ ހުރިހާ ވަޒީރުން އެއް ފަހަރާ އިސްތިޢުފާ ދިނުމާ ގުޅިގެން ގައުމުގެ ޙާލަތު މިހާރު އޮތް ގޮތާއި ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މިކަމާ ދޭތެރޭ ދެކޭ ގޮތް އާންމުންނަށް ހާމަކޮށް ދިނުމަށް ބާއްވާ ޕްރެސް ކޮންފަރެންސްއެކެވެ.
މި ޕްރެސް ކޮންފަރެންސް ދިޓީވީ އިން ލައިވް ކުރުމަށް އެމްޑީޕީން މަސައްކަތްކުރި ނަމަވެސް މިއަދަކީ އެސްޓޭޝަންގެ އަހަރީ ދުވަސް ކަމަށްވާތީ ވަރަށް ގިނަ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވުމާ ގުޅިގެން އެޓީވީން ވަނީ ވަގުތު ނުލިބިފައެވެ.