MDP/2012/I-026
އެމްޑީޕީ އިންތިޚާބު 2012
މި ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބް 16 ޖޫން 2012 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފީމެވެ. ވީމާ މިމަޤާމްތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަޤާމަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ ސެކްރެޓޭރިއަޓަށް 29 މޭ 2012 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
1. ޏ. ފުވައްމުލަކު ދެކުނު ދާއިރާގެ އިންތިޒާމްސެކްރެޓަރީ
2. ހދ. ނޮޅިވަރަމް ދާއިރާގެ ނާއިބު ރައީސް
3. ރ. ދުވާފަރު ދާއިރާގެ ސެކްރެޓަރީގެ ނާއިބު
4. ފޭދޫ ދާއިރާގެ ސެކްރެޓަރީގެ ނައިބު
5. މައްޗަންގޮޅި އުތުރު ދާއިރާގެ ނާއިބު ރައީސް
6. މާފަންނު އުތުރު ދާއިރާގެ ސެކްރެޓަރީ
މިހެންވެ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ތާރީޚް: 23 މެއި 2012