މަތިވެރީ އެމްޑީޕީ ކެންޑިޑޭޓަކަށް ޢަލީ ރިޝާމް
ރައީސް ނަޝީދު އއ.މަތިވެރި ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވަނީ

އއ މަތިވެރި ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ އއ. މަތިވެރި، ޑައިމަންޑް ހައުސް، ޢަލީ ރިޝާމް ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.

ޢަލީ ރިޝާމްގެ ކެންޑިޑެންސީ މިއަދު އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފައިވާ އިރު، މަތިވެރި ކައުންސިލްގެ ބައިލ އިލެކްޝަން ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ 23 ޖޫން 2012 ވާ ހޮނިހިރު ދުވަހު އެވެ.

އއ. މަތިވެރި ކައުންސިލްގެ ގޮނޑިއެއް ހުސްވުމުގެ ސަބަބުން 31 ޑިސެމްބަރ 2011 ވަނަ ދުވަހު ވެސް ބައި އިލެކްޝަނެއް ބާއްވާފައި ވެއެވެ. މި ބައި އިލެކްޝަން ތަނަވަސް އަޣްލަބިއްޔަތަކުން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އއ. މަތިވެރީ ނަދުވާ، އިސްމާޢީލް އާތިފް އެވެ.