ނޫސް ބަޔާން: 24 އޭޕްރީލް 2012 ވާ ބުދަދުވަހުގެ ޖަލްސާއަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ބޮއިކޮޓް ކުރުން

މާދަމާގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއަށް “ވަޒީރުން” ގެ ގޮތުގައި ބާޣީ ސަރުކާރުން ހުށަހަޅާފައިވާ ނަންތަކަށް ވޯޓަށް އެހުމަށް ބާއްވާ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ބައިވެރިނުވާގޮތަށް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ނިންމައިފިއެވެ.

މިނަންތައް ހުށަހަޅަނީ ބަޢާވާތަކުން ގެނެސްފައިވާ ސަރުކާރަކުން ކަމުގައިވުމުން ޤާނޫނީ ހައިސިއްޔަތެއްނެތްކަމާއި، މީގެކުރިންވެސް ޤާނޫނާއި ޤަވާއިދާއި ހިލާފަށް މަޖިލީހުގައި ޖަލްސާ ބާއްވާފައިވާކަން ފާހަގަކޮށްފައިވެއެވެ. މާދަމާގެ ޖަލްސާއަކީވެސް މިފަދަ ޖަލްސާއެއްކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުންދެކެއެވެ.

ނޯޓް: މިކަމާއި ގުޅޭ ގޮތުން މިއަދު 2.45 ގައި މަޖިލީހުގެ ކޮމެޓީ ރޫމް ނަމްބަރ 1 ގައި ބޭއްވި ނޫސް ކޮންފަރަންސްގައި މައުލޫމާތު ދެއްވީ ޕާލިމަންޓްރީ ގްރޫޕް ލީޑަރ އިބުރާހިމް މުހައްމަދު ސޯލިހް، ޕާލިމަންޓްރީ ގްރޫޕް ނައިބު ލީޑަރ އަލީ ވަހީދު، އަދި ކުރީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރ މޫސާ މަނިކު އެވެ.

ބަޔާން ނެރުނީ ޕާލިމެންޓަރީ ގްރޫޕްގެ ފަރާތުން ސެކެޓްރީޖެނެރަލް ޙާމިދު ޢަބްދުލް ޢަފޫރު، ފޯން 7778285