އެމްޑީޕީގެ އާންމު ޖަލްސާއެއް މިރޭ ޕާޓީ ހަރުގޭގައި އޮންނާނެ

29 ޖޫން 2010

އެމްޑީޕީގެ އާންމު ޖަލްސާއެއް މިރޭ 29 ޖޫން 2010 ވާ އަންގާރަ ދުވަހުގެރޭ އެމްޑީޕީގެ ހަރުގޭގައި އޮންނާނެއެވެ.
މި ޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލިހަށް އެއްބާރުލުން ނުދެއްވާ ކަމަށް ވިދާޅުވެ، މިއަދު ވަޒީރުންގެ މަޖިލިސް އެކީ އިސްތިޢުފާ ދިނުމާގުޅިގެން، އެބޭފުޅުންގެ ހިތްވަރުގަދަކަން ފާހަގަކުރައްވައި އެބޭފުޅުންނަށް މަރުހަބާ ދަންނަވައި އާންމު މެންބަރުންނަށް ކަމުގެ ޙަޤީޤަތް ހާމަކޮށްދެއްވުމަށް ބާއްވާ ޖަލްސާއެއް ކަމަށް އެޕާޓީން މަޢުލޫމާތުދެއެވެ..