އެމްޑީޕީ ޕްރޮވިންސް އޮފީސްތައް ގާއިމްކުރަނީ

އެމްޑީޕީން އެޕާޓީގެ ރަސްމީ އިދާރީ އޮފީސްތަކެއް ޕްރޮވިންސްތަކުގައި ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ.

އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ޗެއަރޕާސަންގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ މޫސާ މަނިކު ވިދާޅުވީ 7 ޕްރޮވިންސްގައި ޕާޓީގެ 7 އޮފީސް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށާއި، މި އޮފީސްތައް ވަރަށް އަވަހަށް ގާއިމްވެ އަތޮޅުތަކާއި، އެމްޑީޕީއާ ދެމެދު އޮންނަ ގުޅުން މި އޮފީސްތައް މެދުވެރިކޮށް އިތުރަށް ހަރުދަނާ ވެގެންދާނޭ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަސްއޫލިއްޔަތާއި މޫސަ ހަވާލުވެވަޑައިގަތުމަށް ފަހު މިދިޔަ ރޯދަ މަހުގެ ފުރަތަމަ ދުވަހު ވަނީ އެމްޑީޕީގެ އިދާރީ ޔުނިޓެއް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމްކޮށްފައެވެ.