7 ފެބްރުއަރީ 2012 ވަނަ ދުވަހު ދިވެހި ފުލުހުންނާއި، ސިފައިންގެ ތެރެއިން ބައެއްގެ މަދަދާއި އެކު އިދިކޮޅު ސިޔާސީ ފަރާތްތަކުން ރާއްޖެއަށް ގެނައި ބަޣާވާތް ހިންގުމަށް ޚަރަދުކުރިކަމަށް ތުހުމަތުކުރެވޭ ވިޔަފާރިތަކާ ދެކޮޅަށް އެމްޑީޕީން މިއަދު ނިކުންނާނެއެވެ.
އެގޮތުން މިއަދު ހަވީރު 4.15 ގައި އެފަދަ ވިޔަފާރިތަކާ ދެކޮޅަށް އެމްޑީޕީން ބާއްވާ ހިނގާލުން ރާޅުގަނޑު ސަރަހައްދުން ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ބަޣާވާތަށް ޚަރަދުކުރި ކަމަށް ތުހުމަތުކުރެވޭ ވިޔަފާރިތައް ބޯއިކޮޓްކުރުމަށް ގޮވާލައި އެމްޑީޕީން ހިނގާލުމެއް ބާއްވަން ހަމަޖައްސާފައި މިވަނީ ބަޣާވާތަށް ޚަރަދުކުރި ވިޔަފާރި ވެރިންނާއިމެދު ރާއްޖޭގެ އެންމެހާ ރައްޔިތުން ވިސްނަންޖެހޭކަމަށާއި އެ ވިޔަފާރި ވެރިންގެ ވިޔަފާރިތަކުން ރައްޔިތުން ޚިދުމަތް ނުހޯދުމަކީ ވަރަށް މުހިއްމުކަމެއްކަމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު، އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރޭ ގޮވާލައްވާފައި ވަނިކޮށް ކަން ފާހަގަކުރެވެއެވެ.
މިއަދުގެ ހިނގާލުމުގެ އިތުރުން މިރޭ 9 ޖަހާއިރު އުސްފަސްގަނޑުގައި އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް ބާއްވާ ގޮތަށް ވެސް އެ ޕާޓީން ވަނީ ހަމަޖައްސާފައެވެ.