އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް މިރޭ ވިލިމާލޭގައި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޚާއްސަ ޖަލްސާއެއް މިރޭ ވިލިމާލޭގައި އޮންނާނެއެވެ.

ވިލިމާލޭ ބަށިކުޅޭ ބިމުގައި މިރޭ 9 ޖަހާއިރު ފަށާ މި ޖަލްސާ ގައި އެމްޑީޕީގެ އެންމެހާ މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދުކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ބައިވެރިވެވަޑައިގެން ދެއްވުމަށް އެމްޑީޕީން އެދެއެވެ.

މިރޭގެ ޖަލްސާ އަކީ އެމްޑީޕީގެ އަންހެނުންގެ ރޫޙުން އިންތިޒާމްކޮށްގެން، އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ބާއްވާ ޖަލްސާ އެކެވެ. މި ޖަލްސާއަށް ދާން ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުގެ ޚިދުމަތް މިރޭ 8 އިން ފެށިގެން ޓީ ޖެޓީ ސަރަހައްދުގައި އެމްޑީޕީން ފޯރުކޮށްދޭނެއެވެ.

އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް ރޭ ވެސް ވަނީ ބާއްވާފައެވެ. ރޭގެ ޖަލްސާ އޮތީ އެމްޑީޕީން މިހާރު އިންސާފުގެ ދަތުރުގެ ޙަރަކާތްތައް ކުރިޔަށް ގެންދާ އުސްފަސްގަނޑުގައެވެ.