އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް މިރޭ އުސްފަސްގަނޑުގައި އޮންނާނެ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޚާއްސަ ޖަލްސާއެއް މިރޭ އުސްފަސްގަނޑުގައި އޮންނާނެއެވެ.

ދަރުބާރުގޭ ފުރަގަހުން އޮންނަ އުސްފަސްގަނޑުގައި މިރޭ 9 ޖަހާއިރު ފަށާ މި ޖަލްސާ ގައި އެމްޑީޕީގެ އެންމެހާ މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދުކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ބައިވެރިވެވަޑައިގެން ދެއްވުމަށް އެމްޑީޕީން އެދެއެވެ.

އެމްޑީޕީން ރާޅުގަނޑުގައި ހިންގި އިންސާފުގެ ދަތުރުގެ ކެމްޕެއިން އުސްފަސްގަނޑަށް ބަދަލުކޮށް، އެ ސަރަހައްދުގައި މިރޭ ޖަލްސާތައް މި ފަށަނީ 19 މާރޗް 2012 އިން ފެށިގެން 3 މަސް ދުވަހުގެ ނިޔަލަށް އެމްޑީޕީގެ ޙަރަކާތްތައް ހިންގުމަށް މާލެ ސިޓީ ކައުންސިލުން އެމްޑީޕީއަށް އުސްފަސްގަނޑު ދިނުމާއި ގުޅިގެންނެވެ.