ރައީސް ނަޝީދު މިއަދު ހެނދުނު ލަންކާއަށް ފުރާވަޑައިގެންފި

އެމްޑީޕީގެ އިސް ލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު ލަންކާއަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި، ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިހާއި، އެ ގްރޫޕްގެ ނައިބު ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ އިތުރުން ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ނަޝީދު ސްރީލަންކާއަށް ވަޑައިގަންނަވަނީ ބަޣާވާތަކުން ވެރިކަން ބަދަލުވެގެންދިޔަ ހާދިސާއާބެހޭ ގޮތުން ބައިނަލް އަގުވާމީ މުޖުތަމައުއަށް މައުލޫމާތު ދެއްވުމަށެވެ. ރައީސް ނަޝީދު މިއަދު ލަންކާއަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ސަރުކާރުގެ ފޮރިން މިނިސްޓަރ އަހުމަދު ނަސީމް މިވަގުތު އުޅުއްވަނީ ސްރީލަންކާގަ އެވެ.