އެމްޑީޕީގެ އިންޞާފްގެ މައިދާނަށް ފުލުހުންނާ ސިފައިން އަރައިގަނެ ހިންގި ޖަރީމާއާއި ބެހޭ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބާއްވައިފި

ދިވެހިރާޖޭގެ ގާނޫނު އަސާސީއާ ގާނޫނުގެ ހަމަތަކުގެ މަތިން ސުލްޙަވެރި ކަމާއެކު އެމްޑީޕީން ހިންގަމުން ދިޔަ ސިޔާސީ ހަރަކާތުގެ މައި މަރުކަޒު ކަމަށްވާ ރާޅުގަނޑަށް ކޯޓުއަމުރެއް ނެތި ފުލުހުންނާ ސިފައިން ވަދެ އެމައިދާން ޚަރާބުކޮށް އެމައިދާން ފޭރިގެންފައިވާ މައްސަލައިގެ އަޑުއެހުމެއް ރޭ ސިވިލް ކޯޓްގައި ބާއްވައިފިއެވެ.

ރޭގެ މިއަޑުއެހުމުގައި އެމްޑީޕީގެ ގާނޫނީ ވަކީލާ އަލްއުސްތާޛާ ހިސާން ހުސައިން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ގާޒީ ވިދާޅުވެފައި ވަނީ އިންޞާފްގެ މައިދާނަށް ސިފައިންނާ ފުލުހުން އަރައިގެންފައިވަނީ ކޯޓު އޯޑަރެއް ނެތިކަމަށާ، ކޯޓުއަމުރެއް ނެތަސް ފުލުހުންނަށް އެމައިދާނަށް ވަދެވޭނެކަމުގައެވެ.

އެގޮތަކީ އެތާގައި ޖިނާޢީ މައްސްލައެއް ހިންގާކަން ފުލުހުންނަށް ކަށަވަރުވާނަމަ ކޯޓުއަމުރެއް ނެތިވެސް ފާސްކުރެވިދާނޭ ކަމުގައެވެ. ސުވާލަކީ ފާސްކުރުމަށްފަހު އެތަންރޫޅާލާ ތަނަށް ގެއްލުންދީ ފުލުހުންގެ ބާރުގެ ދަށަށް މުޅިސަރަޙައްދު ގެނެސްފައި އެވަނީ ކޮންގާނޫނެއްގެ ދަށުންތޯއެވެ. ކޯޓުން ގާޒީ އެ ވިދާޅުވި ޖަވާބު ލިއުމަކުން ދެއްވުމަށް އެމްޑީޕީގެ ވަކީލާ އެދިވަޑައިގަތުމުން ގާޒީ ވިދާޅުވީ މައްސަލައާ މެދު ވިސްނެވުމަށްފަހު ޖަވާބުދެއްވުމަށް ފުރުޞަތެއް ބޭނުންކަމުގައެވެ.
ހިސާން ވިދާޅުވީ މައްސައިގެ އަޑުއެހުމެއް ދެން އޮތީ މާދަމާ ހަވީރު 4 ޖަހާއިރުކަމުގައެވެ.