ކުރިނބީ އެމްޑީޕީ ސަޕޯޓަރުން ބާޣީ ސަރުކާރާ ދެކޮޅު ހިނގާލުމެއް ބާއްވައިފި

ހދ.ކުރިނބީގައި، އެމްޑީޕީ ސަޕޯޓަރުން ބާޣީ ސަރުކާރާ ދެކޮޅު ހިނގާލުމެއް މިއަދު ހަވީރު ބާއްވައިފިއެވެ.

މިއަދު ހަވީރު 4.30 ގައި ކުރިނބީ ޒުވާނުންގެ މަރުކަޒުގެ ކުރިމަތިން ފެށި މި ހިނގާލުމުގައި އާބާދީގެ ނިސްބަތުން ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. އިޖުތިމާޢީ މަރުކަޒު ކުރިމަތިން ފެށިގެން ބާޣީ ސަރުކާރާ ދެކޮޅު ބެނާރތަކާއި، ޕްލަކާރޑްތައް ހިފައިގެން ، ބާޣީ ވަހީދާއި، ބާޣީ ސަރުކާރުގެ އިސްތިއުފާ އަށާއި، އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި ރަށުގެ ބޮޑެތި މަގުތަކުގައި ހިނގުމަށްފަހު، މި ހިނގާލުން ނިންމާލީ ވެސް ކުރިނބީ އިޖުތިމާޢީ މަރުކަޒު ކުރިމައްޗަށެވެ.

މި ހިނގާލުމުގައި ކުރިނބީގެ ޒުވާނުންނާއި އަންހެނުން ވެސް ބައިވެރިވިއެވެ.