ބުދަ ދުވަހުގެރޭ ކުރިޔަށްދިޔަ އެމްޑީޕީގެ ބައެއް ޙަރަކާތްތައް

8.30 ރާޅުގަނޑު ސަރަހައްދުގައި: ޔަންގް ޖެނެރޭޝަން ފޯރ ރިފޯމް ކިޔާ ޒުވާން ގްރޫޕަކުން ތައްޔާރުކުރި ބެނާއެއް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިފްތިތާޙް ކުރެއްވި. މި އިވެންޓު ކުރިޔަށް ދިޔައީ “ފަސް އިނގިލި ވެސް ބަޣާވާތާއި ދެކޮޅަށް” މި ޝިއާރުގެ ދަށުން. އަދި މި އިވެންޓްގައި ބޮޑު ބެނާެރ އަކަށް އަތްތިލައިގެ ނިޝާން އަރުވައި، އެ ބެނާރ ގައި ގިނަ ބަޔަކު ސޮއިކޮށްފައިވޭ

9.00 އެމްޑީޕީ އޮފީސް ކޮންފަރެންސް ރޫމް އެމްޑީޕީ މާލޭ ދާއިރާތަކުގެ ބައްދަލުވުމެއް އޮތް. މި ބައްދަލުވުމުގައި މާލޭގެ އިންތިޚާބީ 11 ދާއިރާއިން މަންދޫބުންނާއި މާލެ ސިޓީ ކައުންސިލްގެ ބައެއް މެންބަރުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި

9.30 އެމްޑީޕީ އަންހެނުންގެ ރޫޙްގެ ބައްދަލުވުން – ދަރުބާރުގެ އެމްޑީޕީ އަންހެނުންގެ ރޫޙްގެ ބައްދަލުވުމެއް ދަރުބާރުގޭ ބިއްލޫރި މާލަމުގައި އޮތް