ނޫސް ބަޔާން: އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނޫސް ބަޔާން

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ވަހީދު ހުންނެވީ ސުލްހަވެރިކަމާއިއެކު ދެފަރާތުން އެއްބަސްވެވޭ ހައްލެއް ހޯދުމަށް ތައްޔާރަށް ކަމަށް އަޅުގަނޑަކަށް ނުފެނޭ

ދިވެހި ރާއްޖެއަށް ދިމާވެފައިމިވާ ސިޔާސީ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވަނީ ގިނަގުނަ މަސައްކަތްތައް ކޮށްފައެވެ. މިހާރުގެ ސަރުކާރު ހިންގެވުމުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ވިދާޅުވި ކޮންމެ މަޝްވަރާގެ ބައްދަލުވުމަކަށް މިޕާޓީއިން ހާޒިރުވެ ބައިވެރިވީމެވެ.

އަލްފާޟިލް އަހްމަދު މުޖުތަބާ މެދުވެރިވެގެން ހިންގުނު ހުރިހާ މަޝްވަރާއެއްގައިވެސް މިޕާޓީއިން ބައިވެރިވީ ހެޔޮނިޔަތުގައެވެ. ރާއްޖެއަށް ހައްލެއް ހޯދުމުގެ އުއްމީދުގައެވެ.

ކުރީގެ ނައިބު ރައީސް އާއި މިޕާޓީގެ ނެގޯޝިއޭޓަރ އަދި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ޞޯލިހް (އިބޫ) 14 މާރޗް 2012ވީ ބުދަ ދުވަހު ބައްދަލުކުރައްވިއެވެ. މިބައްދަލުވުމުންވެސް ހައްލެއް ލިބިފައެއް ނުވެއެވެ.

މިކަމާގުޅިގެން އިބޫ ވިދާޅުވީ “ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ވަހީދު ހުންނެވީ ސުލްހަވެރިކަމާއިއެކު ދެފަރާތުން އެއްބަސްވެވޭ ހައްލެއް ހޯދުމަށް ތައްޔާރަށް ކަމަށް އަޅުގަނޑަކަށް ނުފެނޭ”

ވީމާ، މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން މިޕާޓީ ނުހަނު ބޮޑަށް ކަންބޮޑުވެއެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިޙް