ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެ ކައިރީގައި ކުރިޔަށްދިޔަ އެމްޑީޕީ އަންހެން މެންބަރުންގެ ސުލްޙަވެރި އިޙްތިޖާޖް

17.45 އިޙްތިޖާޖު ކުރި އަންހެން މެންބަރުން އެމީހުންގެ ޝުއޫރު ފާޅުކުރުމަށްފަހު، އެ ހިސާބުގައި މިސްކިތެއް ހުރުމާިއ އެކު ނަމާދު ވަގުތު ކައިރިވަމުންދާތީ އެ ސަރަޙައްދު ދޫކޮށް، މިހާރު ވަނީ އެމްޑީޕީގެ އިންސާފުގެ މައިދާނަށް ގޮސަފައި.

17.40 މުޒާހަރާ ކުރާ މީހުން ކެނޑިނޭޅި ގޮވަމުންދަނީ ބާޣީ ވަހީދު ފޭބުމަށާއި ޝާހިދު ވެރިކަމާ ހަވާލުވުމަށް

17.35 އެމްޑީޕީގެ އަންހެން މެންބަރުން ކުރަމުންދާ އިޙްތިޖާޖުގައި ކޮންމެވެސް ވަރަކަށް ފިރިހެނުން ވެސް ބައިވެރިވޭ.

17.30 އިޙްތިޖާޖާ އަދިވެސް އިތުރު މީހުން ދަނީ ގުޅެމުން. އަދި އިޙްތިޖާޖުގެ ފޯރިދަނީ ގަދަވަމުން

17.20 އަންހެނުންގެ އިޙްތިޖާޖުގައި ގޮވަމުން ދަނީ “ޢަބްދުﷲ ޝާހިދު، ހަވާލުވޭ”. “ކޮބާ، ކޮބާ މަގޭވޯޓު”

120

17.15 ރާއްޖޭގެ ވެރިކަމާ ޢަބްދުﷲ ޝާހިދު ހަވާލުވެވަޑައިގެން 2 މަސް ދުވަހުގެ ތެރޭގައި އިންސާފްވެރި އިންތިޚާބެއް ބާއްވައި ދިނުމަށް ގޮވާލަމުން އެބަދޭ.

17.00 އިޙްތިޖާޖުކުރާ އަންހެނުން ގޮވަމުންދަނީ އަވަސް އިންތިޚާބަކަށް. އަދި ގައުމު މިއޮތް ޙާލަތުން ޤާނޫނީ ވެރިކަމަކަށް ބަދަލުކުރެވޭނީ ޢަބްދުﷲ ޝާހިދަށް ކަމަށް ވެސް އިޙްތިޖާޖުގެ ބައިވެރިން ދަނީ ގޮވަމުން. ގިނަ އަދަދެއްގެ ބަޔަކު އިޙްތިޖާޖާ ގުޅެމުން އެބަދޭ

16.45 އަންހެން މެންބަރުން މިހާރު ތިބީ ސޯސަން މަގާއި މަޖީދީ މަގު ގުޅުނު ކަންމަތީގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ގެ ކައިރީގައި

16.30 އެމްޑީޕީގެ އަންހެން މެންބަރުން ސޯސަން މަގު ގައި ހުންނަ އެ ޕާޓީގެ މައި އޮފީސް ކުރިމަތިން ނައްޓާލައިފި. ނައްޓާލި އިރު ތިބީ ގާތްގަނޑަކަށް 200 އެއްހާ މީހުން