ގައްދޫގައި އެމްޑީޕީ ހަރުގެއެއް ހުޅުވުމުގެ ތައްޔާރީތައްވަމުން އެބަދޭ

613

ގައްދޫގައި އެމްޑީޕީގެ މެމްބަރުން އިތުރުވެ ޕާޓީގެ ފޯރި އިތުރުވަމުންދިއުމާއިއެކު އެމްޑީޕީ ގެ މެމްބަރުން އެއްތަނަކުން ބައްދަލުވެ ހިޔާލުބަދަލު ކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް ހަރުގެއެއް ހުރުމުގެ މުހިންމުކަން އެމްޑީޕީގެ ޕާލަމަންޓްރީ ގުރޫޕުގެ މެމްބަރ ޒާހިރު އާދަމްއަށް ފެނިވަޑައިގެން އޭނާގެ ދީލަތި އެހީގައި ގައްދޫގައި އެމްޑީޕީ ހަރުގެއެއް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ގައްދޫގައި ވަރަށް ފޯރިއާއި އެކު ކުރެވެމުން އެބަދާ ކަމަށް އެމްޑީޕީ ގައްދޫ ދާއިރާއިން މަޢުލޫމާތު ދީފިއެވެ.

އެހަރުގެ ހުޅުވުމަށް ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތައް މިހާރު ގައްދޫގައި ކުރެވެމުން އެބަދާ ކަމަށާއި، މިމަސައްކަތުގައި ގައްދޫގައި ތިބި އެމްޑީޕީ ގިނައަދަދެއްގެ ސަޕޯޓަރުން ބައިވެރިވަމުންދާ ކަމަށް އެ ދާއިރާއިން ބުނެއެވެ. އަދި މިހަރުގެއަށް ބޭނުންވާ ބައެއްތަކެތި މިހާރުވަނީ ގައްދޫއަށް ގެންދެވިފައިވާ ކަމަށާއި، ގައްދޫއަށް ނުގެންދެވިވާ ތަކެތީގެ ތެރެއިން ރީނދޫ ގޮޑިތައް ދެތިން ދުވަހުގެ ތެރޭގައި ގައްދޫއަށް ގެންދެވޭވަރުވާނެކަމަށް އެމްޑީޕީ ގައްދޫ ދާޢިރާއިން މަޢުލޫމާތުދެއެވެ.

މި ހަރުގޭގައި މި ވަގުތު ކުރެވެމުންދަނީ ކަރަންޓު ވައިރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެމްޑީޕީ ގައްދޫ ދާއިރާއިން މަޢުލޫމާތުދެއެވެ. އަދި މި ހަރުގެ ވެގެންދާނީ ގައްދޫގައި އެމްޑީޕީގެ ފޯރި އިތުރު ވެގެންދާނެ ހަރުގެއަކަށް ކަމަށް ގައްދޫ ދާއިރާގެ އެމްޑީޕީ ނައިބު ރައީސް ވިދާޅުވެއެވެ.