ނޫސްބަޔާން: ގދ.ނަޑެއްލާ އެމްޑީޕީ ޒުވާނުންގެ ގޮފީގެ ނޫސް ބަޔާން

mdp-logo1

ރާއްޖޭގައި ޤާނޫނީ ގޮތުން އިންތިޙާބު ކުރެވިފައިވާ ރައްޔިތުންގެ ވެރިކަން 07 ފެބުރުއަރީ 2012 ގައި ބަޣާވާތަކުން ފިރުކާލި ދުވަހުގެ އެވަގުތުން ފެށިގެން މި ނަޑެއްލާގެ ބައެއް މުވައްސަސާތަކުގައި ވަޒީފާއަދާ ކުރައްވަމުން ގެންދަވާ އެމް.ޑީ.ޕީ ސަރުކާރުގެ ބައެއް މުވައްޒަފުން އިސްތިއުފާދިނުމަށް ފޯންކޯލްތަކުންނާއި ސޯޝަލް ބައެއް ނެޓްވޯކްތައް މެދުވެރިކޮށް އިންޒާރުދީ ބިރުދައްކަމުން ނަޑެއްލާ ކައުންސިލްގެ ނާއިބް ރަޢީސާއި ކައުންސިލްގެ ބައެއްމެމްބަރުން ގެންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.

ކަންމިހެން ހުރުމާއި އެކު ނަޑެއްލާގައި ބަޣާވާތް ކުރަން އުޅޭ މި ފަރާތްތަކުން ދެމުން ގެންދާ އިންޒާރުތަކަށް އަޅުގަޑުމެން މި ޕާޓީ ޢާއި މި ޕާޓީގެ ގޮފިތަކުން އިޖާބަދީފައި ނުވާތީ އަޅުގަނޑުމެންނާއި މެދު ރައްޔިތުންގެ ހިތްތަކުގައި ފިތުނަ އުފެއްދުމަށްޓަކައި އެފަރާތްތަކުން ބޮޑު ހަރަދު ކުރައްވައިގެން މި ރަށުގެ ބައެއް ފާރުތަކުގައި ލިޔެފައިވާ ލިޔުންތަކާއި ކުރައްސަވާފައިވާ ފަންރިޔާތަކަށް އެބޭފުޅުން އަމިއްލަޔަށް ކަޅުތެޔޮ ޖެއްސެވުމަށްފަހު އެ މުޑުދާރު އަމަލު ހިންގަމުންދަނީ ނަޑެއްލާގައި ތިއްބެވި އެމް.ޑީ.ޕީގެ މެމްބަރުން ކަމުގައި ރައްޔިތުނަށް ވިސްނުވައިދީ ސޯޝަލް ނެޓްވޯކްތަކުގައި މި ފަދަ ވާހަކަތައް އެފަރާތްތަކުން އަޕްލޯޑްކޮށް ފިތުނަ އުފައްދައި ރައްޔިތުން ބައިބައި ކުރުމަށް މިފަދަ ޖަރީމާތައް ހިންގަމުންދާހިނދު ރައްޔިތުންނަށް ފުޓްބޯޅަ ދަނޑުތަކާއި، ކުޑަކުދިންގެ ޕާކްތަކާއި، ޕްރީސްކޫލްތައް ހައްދަވައި ދެއްވާނޭ ކަމަށް ވައުދުވެ ރައްޔިތުންނަށް ހުވަފެންދައްކާ ރައްޔިތުނަށް ހަރާންކޯރުވެފައިވާ މިފަދަ މީހުންނާއިމެދު ނަޑެއްލާގެ ލޮބުވެތި ރައްޔިތުން ސަމާލުވެލެއްވުމަށް ނަޑެއްލާ އެމް.ޑީ.ޕީ ޒުވާނުންގެ ގޮފީގެ ފަރާތުން އިލްތިމާސް ކުރަމެވެ.
އަދި މިފަދަ ފިތުނަ އުފައްދަން މަސައްކަތް ކުރާފަރާތް ތަކުން އަޅުގަޑުމެންގެ ބޮލުގައި ކިތަންމެ ބޮނޑެތި އިލްޒާމް ތަކެއް އަޅުވަމުން ގެންދެވި ކަމުގައިވީ ނަމވެސް އެފަދަ ފަރާތްތަކުން ރައްޔިތުންގެ މުދަލަށާއި ތަކެއްޗަށް ހިޔާނާތްތެރިވެފައިވާ މިންވަރަށް ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ނަޑެއްލަގައި ތިބި އެމް.ޑީ.ޕީ ގެ ހަގީގީ ފިކުރުގެ އެއްވެސް މެމްބަރަކު ހިޔާނާތްތެރި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ނަޑެއްލާގެ އެންމެހައި ލޮބުވެތި ރައްޔިތުނަށް އަރުވަމެވެ.

މުހައްމަދު އަބްދުﷲ
( ނަޑެއްލާ އެމް.ޑީ.ޕީ ޒުވާނުންގެ ގޮފީގެ ރަޢީސް )