ރޭދަންވަރު އެމްޑީޕީގެ އިންޞާފްގެ ދަތުރުގެ މައިދާނުގައި ވަޅިޔާ މުގުރުން ޙަމަލާދީ އެތައްބަޔަކު ޒަޚަމް ކޮށް އެސަރަޙައްދަށް ބާޣީ ފުލުހުން އަރާ މުޅިތަން ސުންނާފަތިކޮށްފި

insaafuge-maidhaan-2-266-x-1731

ރޭ ދަންވަރު 02:27 ގައި ދިވެހިންގެ ސަލާމަތީ ބާރު ޚިޞާރުކޮށްގެން ތިބި ބާޣީންނާ ޕީޕީއެމަށް ނިސްބަތް ވާ ބަޔަކު އެމްޑީޕީގެ ފަރާތުން ހިންގާ އިންޞާފްގެ ދަތުރުގެ މައިދާނަށް ހަމައެއްލަމައެއް ނެތި އަރައިގަނެ އެސަރަޙައްދުގައި ނިދާފައި ތިބި އެތައްބަޔަކު ތަޅާ ޒަޚަމް ކުރުމަށްފަހު ދެލޯރި ފުރެންދެން ބާޣީން ވަނީ ހައިޖެކް ކޮށްފައެވެ.

ރޭގެ މި ހާދިސާގައި އަނިޔާކޮށްފައިވާ ޒުވާނަކުވަނީ އޭ.ޑީ.ކޭގެ އައިސީޔޫގައެވެ. މިޒުވާނާގެ ޙާލު ބަލާލުމަށްޓަކާ އެހޮސްޕިޓަލަށްދިޔަ 6 މީހަކު ވެސް ވަނީ ބާޣީންގެ އަތްދަށުގައެވެ.

އެއްވެސް ރަޙުމެއްނެތި ތަޅާ މަރަމުންދާ ދިވެހިން މިއަދު މިތިބީ ބަޣާވާތަކުން ގެނައި މިލްޓްރީވެރިކަމުގެ އަޅުވެތިކަމުގެ ކަމުގެ ދަށުވެ، މަރާލާނޭކަމުގެ ބިރުވެރި އިންޒާރު ދީ ޢަމަލީގޮތުން އެމަންޒަރުތަޢް ފެނިފެނިއެވެ. ތިންހަފްތާވަންދެން ބަޣާވާތް ކުރި އިއްތިޙާދުން ރާއްޖޭގެ ސަލާމަތީ މައިމަރުކަޒާ ދިވެހިންގެ ހަތިޔާރާ ދިވެހިންގެ ބާރުތައް ހިފައި ރާއްޖޭގައި ހިންގަމުންދާ މިލިޓަރީވެރިކަން ސިފަވެގެންދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރޭލުން ކުރަމުންދާ އަނިޔާތަކާއެވެ.

ރޭގެ ހާދިސާގައި ބާޣީ ފުލުހުން ގޮވަމުންދިޔައީ އެންމެން މަރައި ހުސްކުރާނޭކަމަށާއި، ސަރަޙައްދު ދޫކޮށް އަވަހަށް ދިއުމަށެވެ. ބާޣީ ވަޙީދަށް ކަންބޮޑުވީ 3 ހަފްތާވަންދެން ސިފައިންނާއި ފުލުހުން އެލާޓްގައި ތިބެންޖެހި އެބައިމީހުން ރުޅިއައި މައްސަލައެވެ. ރައްޔިތުންގެ އެތައް ހާސްބަޔަކު މަގުތަކަށްނުކުމެ ކުރަމުންދާ އިހުތިޖާޖްތަކަށް ބާޣީ ވަހީދާއި އޭނާގެ ޑިކްޓޭޓަރޝިޕްގެ ބައިވެރިންނަށް އެއީ މާބޮޑުކަމަކަށް ނުވެއެވެ. އަނިޔާވެރިކަން ޙައްދުންބޭރުވެފައި ވާ މިބާޣީ ވެރިކަން ނިމިގެންދާނީ އެތަށްބަޔަކު މަރުވެ ދިވެހިބިމުގައި ލޭގެކޯރު ދެމިގެންކަމަށް ސިޔާސީ މުފައްކިރުން ސިފަކުރައްވައެވެ.