ރަގަޅު ކަމެއްގެ ނިމުން އެއީ ނިމުނު ކަމަށް ވުރެ ރަގަޅު ކަމެއްގެ ފެށުން.

ޝަހީދާ

371

ޒާތީ ތައައްސުބެއްގެ ތެރެއިން ހަސަދަލައިގެން ތިމާ ހަނދާން ހުންނަން ފެށީއްސުރެ ހިތު އަޅައިގެން އުޅުނު ކަމެއް ކޮންމެ ގޮތަކުން ހޯދަންވެގެން ނުބައި ނުލަފާ ބަޔަކާ އެކުވެ ނުބައި ހަޑި ހުތުރު ގޮތަކަށް އުޅެގެން މަގު ފޭރޭ ފަދައިން ފޭރިގަތީ ތިމާއަކީ ތިމާ ބައިވެރިވި ނުބައި މީހުނަށް ވުރެ މާ ބޮޑުތަނުން ނުބައި މީހަކު ކަމުން ކަން ޔަގީނެވެ. މީހަކު ކަމަކަށް އެދުން ބޮޑުވުމުން ކޮންމެ ނުބައި ގޮތަކީ އެންމެ ރަގަޅު ގޮތްކަމުގާ ޤަބޫލު ކުރެވުމުން އެ އެދުން ފުއްދުމުގާ ލަހެއް ފަހެއް ނޯވެއެވެ.

ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެމީހުން ޤަބޫލް ކުރާ މީހާ މިނިވަން ވޯޓުން ހޮވި ރައްޔިތުންގެ ލޯބިވާ އެ ވެރިމީހާ ގަދަކަމުން ވެރިކަމުން ބާލާ، ރާއްޖޭގެ ތަރައްޤީ އަށް މަސަޢްކަތް ކުރަމުން ކުރިޔަށް ދިޔަ ހެޔޮ ވެރިކަން ނުބައި ބައެއްގެ އަތް މައްޗަށް ގަދަކަމުން އެންމެ ނުބައި ގޮތުގައި ފުރޮޅާލީ ނުބައި އެދުމުގައި ހުރި ނުބައިމީހާގެ ނުބައި ވަހުޝީ ކަމުންކަން ޔަގީނެވެ.

7 ފެބްރުއަރީ 2012 ވީ އަންގާރަ ދުވަހު ބަޣާވާތް ހިންގާ ރާއްޖޭގައި ހިނގަމުން ދިޔަ ޑިމޮކްރަޓިކް ވެރިކަން ވައްޓާލާ އާއްމު ރައްޔިތުންގެ އެންމެހާ ޙައްގުތަށް ނުހައްގުން ނިގުޅައިގަނެ މުޅި ގައުމު ހިސޯރު ކުރި ބާގީ ވަޙީދުގެ ދުނިޔަވީ ދަހިވެތިކަން އެ އީ ހައްދުން ނެއްޓިފައިވާ އެދުމެއްކަން ޔަގީނެވެ.
ފާއިތުވި ތިން އަހަރު ދުވަހު ރާއްޖޭގައި ހިނގަމުން ދިޔަ އޯގާތެރި ވެރިކަމުން ރައްޔިތުންނަށް ލިބުނު ފޮނި އުންމީދުގައި، ދިރިއުޅުން ހަމަޖެހޭނެކަމުގެ ޔަގީންކަން ލިބުނުވަގުތު ނުބައި ޚާއިނުން ރައްޔިތުންގެ އެންމެހާ ޙައްގުތަކަށް އަރައިގަނެ ލޫޓުވާލީ ކޮން އިންސާފަކުންތޯ ސުވާލު އުފެދެއެވެ.

މި ޚާއިނުން މި ފާއިތުވި ކައިރި ހަފްތާތަކުގައި ރާއްޖޭގައި ހިންގަމުން އެގެންދާ ހަޑި މުޑުދާރު އަމަލުތައް މާލެއާއި ރާއްޖޭގެ އެކި ރަށްތަކުގައި ކުރިޔަށް އެގެންދަނީ ހައްގުގައި މަސައްކަތް ކުރަމުންދިޔަ އެންމެހާ ރައްޔިތުންގެ ޝަރަފާއި، އިޙްތިރާމް ކަނޑާލާ ފަދަ ދަރަޖައަށެވެ. އަނިޔާވެރިކަން ބައެއްގެ މައްޗަށް ވެރިވުމުން ނުވެނުދާނެ ހުރިހާ ކަމެއް މިހާރު މިދަނީ ފެންނަމުންނެވެ. ރައްޔިތުމީހާގެ ގައިގައި ތަޅާ ސުންނާފަތި ކުރަމުން އެގެންދަނީ މި އަނިޔާވެރިންނަށް އިންސާފު އެއީ އެނގޭ އެއްޗެއް ނޫންކަމުންކަން ޔަގީނެވެ. އަނިޔާ ނޫން އެހެން އެއްވެސްގޮތެއް މި ނުބައި މީހުންގެ ފަރާތުން ރައްޔިތަކަށް ލިބުން ބޭނުންނުވާތީއެވެ.ދިވެހި ރައްޔިތުން އެމީހުންގެ ގެއްލިފައިވާ އެންމެހާ ޙައްގުތަށް ހޯދުމަށް ހަރުއަޑުން ގޮވަމުން ދާ ދިއުމަށް ކުޑަވެސް ބަލާލުމެއް ނެތި ރައްޔިތުންނަށް އަނިޔާ ކުރުމުގާ ދެމި އެތިބޭތިބުން އެއީ މިނުބައި މީހުންގެ މި އެދުން ހައްދުން ނެއްޓިފައިވާ ކަމުގެ އެންމެ ބޮޑު ހެއްކެވެ. މި ބައި މީހުންނަށް ކުޑަކޮށްވެސް ވިސްނޭނަމަ އެމީހުން އެހިންގާ ޖަރީމާ އެމީހުންނަށް ވިސްނުނީހެވެ.

މި ނުބައި ފިޑި މީހުންނަށް އެބައިމީހުންގެ މޮޔަކަމުން ބުއްދިއަށް ވިސްނައި ނުގަނެވޭކަން ކަށަވަރުވެގެން ދަނީ މިބައި މީހުންގެ އަނިޔާވެރިކަމުގައި ޖެހި އާއްމުރައްޔިތުން ފިޑިވެ ފަހަތަށް ނުޖެހޭނެކަން ނޭގި އެކުރާ ނުބައި އަނިޔާ ތަކުންނެވެ. ކޮންމެ ގޮތަކުން ވެސް ޙައްގު ހޯދަން ނިކުމެ ތައްޔާރަށް ތިބި މިދިވެހި ރައްޔިތުން އެއީ ކިހާވަރެއްގެ ބައެއްކަން ނޭގި މި ކުރިޔަށް ގެންދާ އުދުވާނީ އަމަލުތަށް އެއީ ދިވެހިން ފަހަތައް ނުޖެހޭނެ ކަމެއްކަން ކުޑަކޮށްވެސް މި މީހުންނަށް ނުވިސްނޭކަން ކަށަވަރެވެ. މީއީ ވަރަށް ވެސް ހަދާން ބަލިބައެއްކަން ޔަގީނެވެ.ތިރީސް އަހަރުގެ ދިގު ޙުދުމުހުތާރު ވެރިކަމެއް ވަޢްޓާލީ ފިސާރި ކެރޭ ބިރު ކެޑިފަތިބި ރައްޔިތުންތަކެއްކަން މި މީހުންގެ ހަދާނަށް ކުޑަކޮށް ވެސް ނާރާކަން މިހިރަ ފެނިގެން ދަނީއެވެ.

7 ފެބްރުއަރީގައި ހިންގި މިނުބައި އަމަލުން ސަލާމަތްވެ އުފާވެރި ހަމަޖެހޭ ދިރިއުޅުމަކަށް ބަދަލުކުރަން ދިވެހިން އަތުކުރި އޮޅައިގެން އަނެއް ފަހަރު ނިކުމެ މިތިބީ ފޭރިގަތް މިނިވަންކަމާ ޙައްގު ނުހޯދާ ގެއަށް ނުވަންނާށެވެ. އަނިޔާއިން ސަލާމަތް ވުމަށް ނިކުމެ މިތިބަހާ އެންމެން އެ ގޮވަމުންދަނީ “އޭ މިހިރަ ބާޣީ ކަލޭގެއާއެވެ. ފޭރިގަތް އަހަރުމެންގެ ޙައްގު ނުހޯދާ މިފަހަރު ހަމަ ހިލާ މަޑުންނެއް ނުތިބޭނަމެވެ. ފޭރޭ މީހުންނަށް ޙައްގު އަދަބު ދީފަ ނޫނީ ގެއަކަށް ނުވައްނާނަމެވެ. އަނިޔާ އަށް ޖެހިލުމެއް ނުވެއެވެ. ފަހަތަކަށް ނުޖެހޭނަމެވެ.”

މިހުރިހާ ކަމަކަށް ވުރެ ބޮޑަށް ރައްޔިތުން އުފާވާ ކަމުގައި އެ ގޮވަމުންދަނީ ވެރިކަން ބަދަލުކޮށް ރައްޔިތުންނަށް ގޯނާ ކުރުމުން އަނިޔާ ކުރާ މީހުން ފާހަގަ ވެ ތައްގަޑު ޖެހެމުން ދާކަމެވެ.މިހިރަ ފެންނަ ކަންކަމުން ލިބުނު އިލްމުން ދުވަހުން ދުވަހަށް ރައްޔިތުމީހާ މިދަނީ މުއްސަދިވަމުންނެވެ. ޤައުމުގެ ދަރިންގެ ލޯ ހުޅުވި ޑިކްޓޭޓަރުންނާ ޑިމޮކްރަޓިކް ވެރިންގެ ބޮޑު ތަފާތު ހާމަވެ އެނގުމުންނެވެ. މިފަދަ ދަނޑިވަޅުތަކުގައި ރަޢްޔިތަކު އިލްމާއި ޙިލްމުން މުއްސަނދިވެ ބުއްދިވެރިވުމުން ޤައުމަށް ލިބޭނީ ހެޔޮވެރިޔަކުގެ ވެރިކަން ކުރުމަށް ވަރަށްވެސް ބޮޑު ފަސޭހަކަމާ ތަނަވަސް ކަމެވެ. މިހުންނަނީ ދެން އެމްޑިޕީގެ ވެރިކަމުގާ ކަންކަން ކުރަން ފަސޭހަވާނެ އެތައް އެތައް ރަގަޅެކެވެ.

ރަގަޅު ކަމެއްގެ ނިމުން އެއީ ނިމުނު ކަމަށް ވުރެ ރަގަޅު ކަމެއްގެ ފެށުންކަން ޔަގީނެވެ…