އިޢުލާން: ރައްޔިތުންގެ މަޖިލިހުން ހުސްވެފައިވާ ތިމަރަފުށީ ދާއިރާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އާއި ބެހޭ

MDP/2012-008

ރައްޔިތުންގެ މަޖިލިހުން ހުސްވެފައިވާ ތިމަރަފުށީ ދާއިރާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އާއި ބެހޭ

mdp-logo

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 14 އޭޕްރީލް 2012 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސުމާ ގުޅިގެން މިޕާޓީން ކޮށްފައިވާ، ނަމްބަރު MDP/2012-004 (24 ފެބަރުއަރީ 2012) އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބަށް ވާދަކުރުމަށްޓަކައި ކެންޑިޑޭޓަކު ހޯދުމަށް އެމްޑީޕީ އިން ބާއްވަން ހަމަޖެހިފައިވާ ޕްރައިމަރީގެ ތާރީހުބަދަލުކޮށް ދެން ޕްރައިމަރީ ބާއްވާ ތާޜީހަކީ 07 މާރްޗް 2012 ވާ ބުދަ ދުވަސް ކަމުގައި ހަމަޖައްސާފީމެވެ. އަދި މިޕްރައިމަރީގައި ވާދަކުރުމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް އިތުރަށް ފުރުސަތު ހުޅުވާލައިފީމެވެ.

މިއިންތިހާބަށް ކެންޑިޑެންސީ ހުށަހަޅާފައިވާ ފަރާތްތަކާއި، އިތުރަށް ޝައުގުވެރިވާ ފަރާތްތަކުން، އިންތިހާބަށް ވާދަކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކޮށް އެމްޑީޕީގެ ސެކްރެޓޭރިއަޓްއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް، ޝަރުތުހަމަވާ އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފި ނަމަ، މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައަޅާނީ މި ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން 07 މާރޗް 2012 ވާ ބުދަ ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމުގައި ދެންނެވީމެވެ.

މިޕްރައިމަރީގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން ހުށަހަޅުއްވަން ޖެހޭ އެޕްލިކޭޝަން ފޯމާއި، ތާއީދު ފޯމް ޕާޓީގެ ސެކްރެޓޭރިއޭޓުންނާއި، ވެބްސައިޓް www.mdp.org.mv އިން ލިބިވަޑައިގަންނަވާނެއެވެ.
އަދި، ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް، ޕްރައިމަރީ ކާމިޔާބުކުރާ ފަރާތުގެ ކެންޑިޑެސީ އެއްވެސް ސަބަބަކާހުރެ އިލެކްޝަން ކޮމިޝަނުން ބާތިލްކޮށްފިނަމަ ޕްރައިމަރީގައި ދެވަނައަށްދާފަރާތަކަށް ޓިކެޓްލިބި އިލެކްޝަން ކޮމިޝަންގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވީމާ 06 މާރޗް 2012 ވާ އަންގާރަ ދުވަހުގެ 1600ގެ ނިޔަލަށް މިއިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ އެންމެހައި ފަރާތްތަކުން މިޕާޓީގެ މައި އޮފީހަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ޝައުޤްވެރިވާ ފަރާތްތަކުން ހުށަހަޅާ ލިއުންތަކާއި ތަކެތި ފެކްސް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ފެކްސްކުރައްވާނަމަ މި ޕާޓީގެ ސެކްރެޓޭރިއަޓްގެ ފެކްސް ނަންބަރު 3322960 އަށް ފެކްސް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނީelections@mdp.org.mv އަށެވެ.

ވީމާ، މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.

02 މާރޗް 2012

-ސެކްރެޓޭރިއަޓް –

ކުރިމަތިލުމަށް އެދޭ ފޯމު

ތާޢީދު ފޯމު