އަވަސް އިންތިޚާބެއްގެ ތާރީޚް މިއަދު ލިބުމަކީ ވަރަށް މުހިއްމު ކަމެއް – ރައީސް ނަޝީދު

hep1

އަވަސް އިންތިޚާބެއްގެ ތާރީޚް މިއަދު ލިބުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާޅުގަނޑު ސަރަހައްދުގައި، “އިންސާފުގެ މައިދާނުގައި” މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު އިންތިޚާބެއްގެ ތާރީޚެއް މުހިއްމުވަނީ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގެ ކަންތައްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ކަމަށެވެ.

އަދި ދުނިޔެއިން ދަނީ ރާއްޖެ ކަންކުރާގޮތް ވަރަށް ގާތުން ބަލަމުން ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ. އަދި ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުން ރޭ ކުރިއަށް ގެންގޮސްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ޤައުމުގެ ފައިދާއަށްވުރެ އަމިއްލަ ފައިދާއަށް ކަންކަން ކުރާނަމަ ރަނގަޅު ނުވާނެކަމަށާއި އިންޑިޔާގެ ފޮރިން ސެކެރެޓަރީ ބައިވެރިވެވަޑައިގެންނެވި ރޭގެ ބައްދަލުވުމުގައި ޕާޓީތަކުގެ ވާހަކަތައް ހުރީ ވަރަށް ގޯސްކޮށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.