ބޮޑު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްނަޝީދު މިއަދު މާލެވަޑައިގެންފި

hep-muzahara ރައީސް ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި.. ފޮޓޯ: އަނދާ

ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދުގެ ވަގުތެއްގައި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔަ މުހައްމަދު ނަޝީދު މާލެވަޑައިގެންފިއެވެ.

ރައީސްނަޝީދު މާލެވަޑައިގަތުމުން އެމަނިކުފާނަށް ތާއީދުކުރާ ވަރަށް ގިނަ އަދެއްގެ ބަޔަކު ހަތަރު ނަމްބަރުފާލަމުން އެމަނިކުފާނަށް ވަރަށްހޫނުމަރުހަބާއެއް ދެންނެވިއެވެ. އަދި އެމަނިކުފާނުގެ އިސްތިގުބާލަށް ވަޑައިގެންނެވި މީހުން ވަނީ މިހާރު ވެރިކަމަށް އަތްގަދަ ކޮށްފައިވާ ޑރ. ވަހީދުގެ ސަރުކާރަކީ ޢައިރު ގާނޫނީ ސަރުކާރާއި ދެކޮޅަށް އަޑުއުފުލާ ވަހީދު އެހުރި މަގާމް ދޫކޮށް އަވަސް އިންތިހާބަކަށް ފުރުޞަތު ދިނުމަށް ގޮވާލާ އެމީހުންގެ ޝުއޫރުފާޅުކޮށްފައެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި ހއ ދިއްދޫ، ހޯރަފުށި، އިހަވަންދޫ ގެ އިތުރުން ހދ ކުޅުދުއްފުށްޓަށް ވަޑައިގެން އެމަނިކުފާނަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުން ނާއި ވަނީ ބައްދަލުކުރައްވާފައެވެ. އަދި ހދ ދިއްދޫ އާއި ހދ ކުޅުދުއްފުށީގައި އެމްޑީޕީގެ ހާއްސަ ޖަލްސާ އެއްވެސް ވަނީ ބާއްވާފައެވެ.