ރައީސް ނަޝީދު އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި

hep-insaafuge-dhathuru-450-x-3001

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު މެންދުރުފަހު އައްޑޫ ސިޓީއަށް ފުރާވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެމްޑީޕީގެ އިސްވެރިންނާއި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންގެ އިތުރުން ބައެއް އާންމު މެންބަރުން ވެސް އައްޑޫއަށް ވަޑައިގެންނެވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ރައީސް މުޙަންމަދު ނަޝީދަށް އައްޑޫ ރައްޔިތުން މަރުޙަބާދެންވުން އޮންނާނީ ފޭދޫގައި ހުންނަ އައްޑޫ ދޮންދީނި މިނިއުމެންޓް ކައިރިންނެވެ. އެއަށްފަހު ރައީސް ނަޝީދު ފޭދޫ އެމްޑީޕީ ހަރުގޭގައި އެމްޑީޕީގެ މެންބަރުންނާއި، ބައްދަލުކުރައްވާނެ އެވެ. އެއަށްފަހު މަރަދޫއަށް ވަޑައިގެން މަރަދޫ ޕާކުގައި އެއަވަށުގެ ރައްޔިތުންނާއި ރައީސް ނަޝީދު މިއަދު ހަވީރު ބައްދަލުކުރައްވާނެއެވެ.

ރައީސް ނަޝީދުގެ މި ޚާއްސަ ދަތުރުފުޅުގައި، ރާއްޖެއަށް ގެނެސްފައިވާ ބަޣާވާތާއި ދެކޮޅަށް އައްޑޫ ރައްޔިތުން ބާއްވާ ހިނގާލުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހިތާދޫ ސްކޫލް ކުރިމަތިންނެވެ. އަދި ހިތަދޫގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި މިރޭ ބާއްވާ ޚާއްސަ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

addu-chandha-225-x-300

މި ދަތުރުފުޅުގައި ގިނަބަޔަކު ބައިވެރިވެވަޑައިގަންނަވާއިރު، އެ ހުރިހާ ބޭފުޅުން ވެސް ދަތުރުކުރައްވަނީ އެބޭފުޅުންގެ އަމިއްލަ ޚަރަދުގައެވެ.