ލ.އަތޮޅު ގަމުގެ މިނިވަންކަމާ އިސްތިގްލާލަށް ދިވެހި ސަލާމަތީ ބާރުތަކުންވަނީ އަރައިގެންފައި

ލ. އަތޮޅު ގަމުގެ ރައްޔިތުންގެ މިނިވަންކަމާއި އިސްތިގްލާލަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން އަރައިގަނެ ރައްޔިތުން ހިފާހައްޔަރުކޮށް އަނިޔާކުރަމުން ގެންދާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

ފުލުހުން މިހާތަނަށް ގަމުގެ 10މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، ފުލުހުން ހައްޔަރު ކުރަމުންދަނީ ޕީޕީއެމަށް ނިސްބަތްވާ ބައެއްގެ ކޮމާންޑުގެ ދަށުން އެބައިމީހުން ބުނާމީހުންކަމަށް ނަން ހާމަކުރަން ނޭދޭ، ގަމު މީހަކު ކިޔައި ދިނެވެ.

ލ. ގަމަކީ ސަރުކާރުގެ އެއްވެސް މުދަލަކަށް ނުވަތަ އެނޫން ބައެއްގެ މުދަލަކަށް ވިއަސް އަރައިގެންފައިވާ ރައްޔިތަކު ހިމެނޭ ރަށެއް ނޫންކަމަށް ވީހިނދުވެސް ފުލުހުންވަނީ އެރަށުގެ އަމާންކަން ނަގާލައި، ރައްޔިތުން ނުހަނު ބިރުވެރިކަމެއްގެ ތެރެއަށް ގަންބާލާފައިކަމަށް ގަމު ތުނޑިން މައުލޫމާތު ދެއްވި ފަރާތުން ކަށަވަރު ކޮށްދީފައިވެއެވެ.

މުޅި ލާމުއަތޮޅު މިވަގުތު ސިފަވެގެން ދަނީ ބޮސްނިޔާގެ ހަނގުރާމައިގެ ދުވަސްވަރު ޣައިރު މުސްލިމުން އިސްލާމުންނަށް
ކުރަމުންދިޔަ ގޯނާތަކާ ހިންގަމުންދިޔަ އިންސާނިއްޔަތާ ޚިލާފް ޖަރީމަތަކާއި، އެ އުދުވާންކަމުގައި ވެސް ލ. އަތޮޅުގެ ރައްޔިތު މީހާ ބުނެފައިވެއެވެ.

“އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމަށް ވީހިނދުވެސް ދިވެހިރާއްޖޭގެ ސަލާމަތީބާރުގެ ރަޔަޓް ގިޔަރ ފުލުހުން ރަށުގެ ގޭގެއަށް ވަދެ މައިން ބަފައިންނާއި، ދަރިންގެ ކުރިމަތީގައި ވަރަށް ރަހުމްކުޑަކޮށް މައިން ދަރިންގެ ތެރޭގައި ކިއުން ހުތުރު އެއްޗެހި ކިޔައި، ތަޅާ އަނިޔާކޮށް ބިޑިއަޅުވައިގެން ގެންދާމަންޒަރަކީ ދުވަހަކުވެސް ގަމުގެ ރައްޔިތުންގެ ހިތްތަކުން ފޮހެވިގެންދާނޭ މަންޒަރެއް ނޫން”، ކަން އޭނާ ރޮމުން އަސަރާއެކު ހާމަކުރިއެވެ.

އަދި ފުލުހުންގެ އަނިޔާ ހައްދުން ބޭރުވެއްޖެކަމަށާއި، ލ.އަތޮޅުގެ އެންމެހާރައްޔިތުން ނަށް ދިވެހިރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ފުލުހުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ނުކުތުމަށް ގައުމުގެ އެންމެހާ ރައްޔިތުން ނިކުތުމަށް ގޮވާލިއެވެ.