މެންބަރުންގެ ޚިޔާލު: ބަޣާވާތެކޭ ނުކިޔޭންވީ ކީއްވެ؟

އީސަ

ދައުލަތުގެ ދިފާޢީބާރުގެ އެންމެއިސްވެރިޔާ ޢަސްކަރިއްޔާގައި ބަންދުކުރައްވާ ދިފާޢީމަރުކަޒްގެ ތެރެއަށް 3 ދިވެއްސަކު ވަދެ ކާނަލް ޝީޔާމަށް ޗީފް އޮފް ޑިފެންސް ފޯސް ކަމުގެ މަގާމް ޙަވާލުކުރައްވާ އަދިކޮމިޝަނަރ އޮފްޕޮލިސްގެ މަގާމު އަބުދުﷲ ރިޔާޒަށް ދީ އެވަގުތުންފެށިގެން އެބޭފުޅުންގެ ކޮމާންޑުގެ ދަށުން މުޅި އަސްކަރިއްޔާ ޙަރަކާތްތެރިވާން ފެށި ކަމީ ދައުލަތުގެ ޢަސްކަރިއްޔާ އޮތީ ކުލީ ބައެއްގެ ބާރުގެ ދަށުގައި ކަން ހާމަވެގެންދިޔަ ހެއްކެކެވެ.

މިދެންނެވި ޝިޔާމާ ރިޔާޒް ގެ ކޮމާންޑްގެ ދަށުން ނާޒިމް ވަނީ ރައީސްނަޝީދަށް އެއްވެސް ޝަރުޠަކާ ނުލާ އިސްތިއުފާ ދިނުމަށް މަޖުބޫރުކުރައްވާ އެވާހަކަ މުޅިގައުމަށް އިއުލާނު ކުރައްވާފައެވެ. ނާޒިމް މިހެންވިދާޅުވެފައިވާ ވީޑިއޯ ރާއްޖެ ޓީވީ އިންވަނީ ބްރޯޑުކާސްޓް ކޮށްފައެވެ.

އަނެއްކޮޅުން ދައުލަތުގެ އެންމެ އިސްވެރިޔާ ދައުލަތުގެ ދިފާޢީ ބަރުގެ ތެރޭގައި ބަންދުކުރައްވާފައިވާކަން ކަށަވަރުވާ އަނެއް ޙަގީގަތަކީ ފެންވަރަން ބޭނުންފުޅުތޯއާއި ތުނބުޅިބާލަން ބޭނުންފުޅުތޯ ސުވާލު ކުރެއްވުމަށްފަހު އެމަރުކަޒުން ބޭރަށް ވަޑައިގަތަ ނުދީ އެތާގައި އިސްތިއުފާ ދިނުމަށް އަނަގާފައިވާކަމެވެ. ނަމަވެސް އެހިނދު ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވާނެ ކަމަށާއި، ނަމަވެސް އެކަންކުރައްވާނީ ރައީސްއޮފީހަށް ވަޑައިގެން ކަމުގައެވެ.

އެހިނދު ރައީސް، ހައިޖެކް ކުރި އާންމުންގެ3 މީހުން ރައީސް ގޮވައިގެން ރައީސްއޮފީހަށް ގޮސް އެތާގެ ސެކިއުރިޓީ މުގުރާލުމަށްފަހު ފަހަތުގައި ބަޑިޖައްސާފައިވާ ކަމާއި، އެއްކަނެއްގައި ހުރި ވަރަށް ކުޑަ ސްޓޭންޑެއްގެ މަތީގައި ރައީސްގެ ސިޓީފުޅެއް ރައީސް އޮފީހުގެ އުޞޫލާޚިލާފަށް އެމަނިކުފާނު އަމިއަލަފުޅަށް ލިއުއްވަން ޖެހިވަޑައިގަތުމީ ވެސް އެއީ ބަޣާވާތެއް ކަން ދޭހަވާ ކަމެކެވެ.

އެހިނދުވެސް ރައީސްއޮފީހުގެ ތެރޭގައި ރައީސްގެ ފަހަތްޕުޅުގައި އިސްދެންނެވުނު އެއްވެސް ޙައިސިޔަތެއްނެތް 3މީހުން ތިއްބެވެ. އެހިނދު ރައީސްގެ ސިޓީފުޅު ލިޔެ ނިމުމާއެކު އެސީޓީފުޅު އެ3މީހުން އަތުލި އަތުލުމަކީވެސް އެވަތު ރައީސްހުންނެވީ އެތިންމީހުންގެ ބާރުގެދަށުގައި ކަންކަށަވަރުވާ ކަމެކެވެ.

އަނެއްކޮޅުން ރައީސްނަޝީދު މުލީއާގެއަށް ވަޑައިގެންނެވި ވަގުތު އެމަނިކުފާނު އެގެއަށް ވަޑއިގަތުމުގެ ކުރިން ސަލާމަތީ ބާރުން އެގެ ޚިޞާރުކޮށް އެމަނިކުފާނު ގެންގުޅުއްވި ސާމާނުތަކަށް އަތްބާނާ އަލަމާރި ތަށް ޗެކުކުރަން ތިބި ތިބުމަކީ
ވެސް އެމަނިކުފާނާ ދޭތެރޭ ދިފާއީ ބާރުން ހިންގާފައިވާ ނޭއްގާނީ ޖަރީމާ ރަމްޒުވެގެން ދިޔަ ހެއްކެކެވެ.
މިފަދައެތައް ހެކިތަކެއް އެބަހުރިކަންވެސް މިފުރުޞަތުގައި ދަންނަވަމެވެ.