އިބްރާހީމް ރާމިޒް
އެމްޑީޕީ އައްޑޫ ދާއިރާގައި އެ ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރަނީ
އެމްޑީޕީ އައްޑޫ ސިޓީ އޮފީހުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ވަގުތީ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
މިވަގުތު އެމްޑީޕީ އައްޑޫ ސިޓީގެ ސެކްރިޓޭރިޓު ވަޑައިގެންނެތުމާއިއެކު އަދި ސިޓީގެ ނައިބު ރައީސް އުޒުރުވެރިވެވަޑައިގެން ޕާޓީގެ ފަރާތުން މިހާތަނަށް ބޭއްވުނު އެއްވެސް ޙަރަކާތެއްގައި ބައިވެރިވެ ވަޑައިނުގަންނަވާތީ ޕާޓީގެ ސެކްރިޓޭރިޓު ވަޑައިގަންނަވަން ދެން ޕާޓީގެ ކަންތައްތައް ހަވާލުކޮށްފަވާނީ ހިތަދޫ ދެކުނު ދާއިރާގެ ރައީސް މުހައްމަދު ޔަސްރިފްކަމަށް ޕާޓީގެ ސެކްރިޓޭރިޓުން އަންގަވާފައިވާ ކަމަށް އެމްޑީޕީ އައްޑޫ ސިޓީ އޮފީހުން ބުނެއެވެ..
މިގޮތުން ކުއްލިގޮތަކަށް ރޭވިގެން ދިޔަ މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ހިތަދޫ ދެކުނު ދާއިރާގެ ރައީސް މުހައްމަދު ޔަސްރިފްއެވެ.
މިހާރު މާލޭގައި އިދިކޮޅު ޕާޓީތަކުން އިސްކޮށް މި ސަރުކާރާއި ދެކޮޅަށް ހިންގަމުންދާ މުޒާހަރާތަކުގައި ރައްޔަތުންގެ ގެދޮރާއި މުދަލަށާއި ، ދަޢުލަތުގެ މުދަލާއި ތަކެއްޗަށް އަދި އާންމުރައްޔަތުންގެ ފުރާނައަށް ނުރައްކާތެރިވާ ދަރަޖައަށް ކަންކަން ގޮސްފައިވުމާއި އެކު މިކަންކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދި އައްޑޫއަކީ މިސަރުކާރުގެ ވަރަށް މުހިންމު ގުނަވަނެއްކަން ފާހަގަކުރައްވައި އައްޑޫގައި ޕާޓީގެ ޙަރަކާތްތައް ވަރަށް މަދުވެފައި މިކަންތައްތައް ފުޅާ ދާއިރާއެއްގައި ހިންގުމުގެ ގޮތުން މިވަގުތު އެމްޑީޕީ އައްޑޫ ސިޓީ އޮފީހުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ވަގުތީ ކޮމިޓީއެއް އެކުލަވާލުމަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން އިއްތިފާގުވެ ސިޓީގެ ވަގުތީ ހިންގާ ކޮމިޓީގެ ނަމުން ކޮމިޓީގައި އައްޑޫ ސިޓީގެ ކޮންމެ ދާއިރާއަކުން ބޭފުޅެއް އައްޔަންކުރައްވައި ކޮމިޓީގައި ހިމެނުނު 6 ބޭފުޅުންނަށް މަރުޙަބާ ދެންނެވިއެވެ.
މި ކޮމިޓީގައި ހިމެނޭ މެންބަރުންނަކީ މި ކޮމިޓީގެ މުޤައްރިރު ހިތަދޫ ދެކުނު ދާއިރާގެ މުހައްމަދު ޔަސްރިފް އާއި، ނައިބު މުޤައްރިރު ހިތަދޫ މެދު ދާއިރާގެ އިބްރާޙިމް ސަބްރީ އާއި، ހިތަދޫ އުތުރު ދާއިރާގެ ހުސައިން ޝާހިދު އާއި،
ފޭދޫ ދާއިރާގެ ފަރާތުން މުހައްމަދު ސައީދު އާއި، ހުޅުމީދޫ ދާއިރާގެ އަލީ ޝަހީމްގެ އިތުރުން މަރަދޫ ދާއިރާގެ މުހައްމަދު ރަޝީދު އެވެ.