މުސްލިމް ގައުމެއްގައި ޖިހާދު ކުރަން ގޮވާލާނީ ހަމައެކަނި އެ ގައުމެއްގެ ވަލިއްޔުލް އަމްރު ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޚް ފާރޫގު ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

haruge-dheneh-nukiyeyne-24-01-201225-1-2012-291

އެއްވެސް މުސްލިމަކާ ދިމާއަށް ކާފަރެކޭ ނުކިޔޭނެ ކަމަށާއި، މުސްލިމް ގައުމެއްގައި ޖިހާދު ކުރަން ގޮވާލާނީ ހަމައެކަނި އެ ގައުމެއްގެ ވަލިއްޔުލް އަމްރު ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޚް މުޙައްމަދު ފާރޫގު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގައި އެޕާޓީގެ “ތިޔަހެނެއް ނުކިޔޭނެ” މި ސިލްސިލާގެ 13 ވަނަ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ޝެއިޚް ފާރޫޤް ވިދާޅުވީ ކުފުރަކަށް އަމުރު ނުކުރާހާ ހިނދަކު، ވެރިމީހާއާ ދެކޮޅަށް ނުކުތުމަކީ ހަރާމްކަމެއް ކަމަށެވެ. އަދި ބަޣާވާތްކުރާ މީހުން ޝަރީއަތަށް ހާޒިރުކުރަން ޖެހޭ ކަމަށް ވެސް ޝެއިޚް ފާރޫގު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޖޫޑީޝަލް ސާވިސް ކޮމިޝަނުގައި ތިއްބެވި މެންބަރުންގެ ތެރެއިން އެމްޑީޕީ އަށް ވަކި ކުރެވޭނެ ކޮންމެ މެންބަރަކު ވަކިކުރާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއި އެންމެ ފަހުން ގުޅިވަޑައިގެންނެވި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އަންނަ ރިޔާސީ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން އިރާދަކުރެއްވިއްޔާ އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް ވެސް ޢަބްދުﷲ ޢަބްދުއްރަހީމް ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.

ވަކި ގާޒީއަކަށް ނުބައްލަވައި ޢަބްދުﷲ ގާޒީފަދަ ހަމައާއި އިންސާފުން އެއްކިބާވެފައިވާ ހުރިހާ ގާޒީން ވަކިކުރުމަށް
އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ވަނީ ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ގޮވާލެއްވިއެވެ.

” ރާއްޖޭގެ ރައްޔިތުން މަނިކުފާނާއި ވެރިކަން ހަވާލުކުރެއްވީ މިގައުމުގައި ޢަދުލު އިންސާފް ގާއިމްކޮށްދިނުމަށް.” މޫސަ ވިދާޅުވިއެވެ.