އިބްރާހީމް ރާމިޒް
![hep-at-hinnavaru ރައީސުލް ޖުމްހޫރިއްޔާ ހިންނަވަރުގައި މި ސަރުކާރުން ހިއްކާފައިވާ ސަރަހައްދު
ބައްލަވާލައްވަނީ ...
ފޮޓޯ: ރައީސް އޮފީސް](http://mdp.org.mv/wp-content/uploads/2012/01/hep-at-hinnavaru.jpg)
ބައްލަވާލައްވަނީ ...
ފޮޓޯ: ރައީސް އޮފީސް
މުޅި ޝަރުޢީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި ދުވަހަކުވެސް އިންސާފެއް ނުލިބިދާނޭ ކަމުގެ މާޔޫސްކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ހިންނަވަރު ކައުންސިލުން ބުނެފިއެވެ.
” މިއަދުގެ ހާލަތަށް ބަލާއިރު، ސިޔާސީ ބައެއްގެ ވަކިތަކުން ސަލާމަތްނުވެ ތިބި ފަނޑިޔާރުން ކުރައްވާ އިންސާފެއް ނެތް ޙުކުމްތަކުން މުޅި ޝަރުޢީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި ދުވަހަކުވެސް އިންސާފެއް ނުލިބިދާނޭ ކަމުގެ މާޔޫސްކަން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ.” ހިންނަވަރު ކައުންސިލުން ނެރުނު ބަޔާނެއްގައި ވެއެވެ.
މި ނޫސް ބަޔާނުގައިވާ ގޮތުން ޤާނޫނުތަކުން ފުލުހުންނަށް ފުރިހަމަ ބާރު ލިބިދީފައިވާ އިރު، ވަކިބަޔަކާއި މެދު އިންސާފްވެރި ތަޙްޤީޤެއް ހިންގޭނޭ މަގު އެއްކޮށް ބަންދުވެ، ވަކި ބަޔަކާއިމެދު ތަޙްޤީޤްކުރުމަކީ ފުލުހުންނަށް ލިބިދޭ ޤާނޫނީ ބާރެއް ނޫން ކަމަށް ދޭހަވާ މިންވަރަށް ބައެއް ޤާޒީންގެ ނިންމުންތައް ނިންމަމުންދާ ކަމަށް ބަޔާންކޮށްފައި ވެއެވެ.
“ދައުލަތް ހިންގުމުގެ 3 ބާރުގެ ތެރެއިން ދައުލަތުގެ އެންމެ މަތީ ބާރު ނިޞްބަތްވާ ބާރު، ވެރިކަން ހިންގުމުގެ ބާރު އެއްކޮށް ނެތިކޮށްލުމަށް ރާވަމުންދާ ޙީލަތްތެރި ރޭވުމުން ސަލާމަތްވުމަށް ދިފާޢީ ބާރުން އަޅުއްވާ ޙިކުމަތްތެރި ފިޔަވަޅުތަކަށް ތަޢުރީފްކޮށް ތާޢީދު ކުރަމެވެ.”
މީގެ އިތުރުން ވެސް މި ސަރުކާރު ނިޞްބަތްވާ ޕާޓީއިން ކުރި މަސައްކަތުން ލިބުނު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުންކޮށް ހަގީގަތާ ޚިލާފު ބުހުތާނު ދޮގު ފަތުރައި އާންމުންގެ މެދުގައި ފިތުނައުފެއްދުމަށް މަސައްކަތްކުރުމަކީ ވެސް ޚިޔާލުފާޅުކުރުން ކަމަށް ބަލައެއްނުގަނެވޭނޭ ކަމަށް ހިންނަވަރު ކައުންސިލުން ބުނެއެވެ.
ހިންނަވަރު ކައުންސިލްގެ ނޫސްބަޔާން ވިދާޅުވުމަށް މި ލިންކަށް ފިއްތަވާލައްވާ