ޗީފް އޮފް ޕްރޮޓޮކޯލް ކަމަށް މަނާގޭ އަލީ ފާއިޒް އަދި އެޑިޔުކޭޝަންގެ ނައިބު ކަމަށް އާމިނަތު އަލީ ޢައްޔަންކޮށްފި

faiz-aminath-ali

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް މައްޗަންގޮޅީ މަނާގޭ ޢަލީ ފާއިޒު، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމަށް ހެންވޭރު ނިއުހެވަން އާމިނަތު ޢަލީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

ޢަލީ ފާއިޒު، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށްޢައްޔަން ކުރެއްވީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ. ޢަލީ ފާއިޒު މިހާތަނަށް ހުންނެވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑުގެ މެނެޖިންގ ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.

އާމިނަތު ޢަލީ މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނައިބުގެ މަގާމުގައެވެ.