ނޫސް ބަޔާން: އެމްޑީޕީ އުތުރު ޕްރޮވިންސް އިދާރާއިން ނެރޭ ނޫސް ބަޔާން

ޤާނޫންއަސާސީ ދެމެހެއްޓުމަށް ދައުލަތުގެ އެންމެ މަތީވެރިޔާ ރައިސުލްޖުމްހޫރިއްޔާ ކުރައްވާ މައްސައްކަތަށް ތާޢީދުކުރުން

mdp-logo

ޤާނޫނުއަސާސީގެ 115 ގެ (ހ) ގެ ދަށުން ޤާނޫނު އަސާސީ އާއި ޤާނުން ކަނޑައަޅާފައިވާ ކަންތައްތައް އިޚްލާސްތެރިކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރު އެޅުމަށް ދައުލަތުގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކުރައްވާ މަސައްކަތަށް މި ސެކްރެޓްރީއޭޓް އާއި މި ސަރަޙައްދަށް ނިސްބަތްވާ އެންމެހާ މެމްބަރުން ތާޢިދުކުރަމެވެ.

މިއަދު ޤައުމަށް ދިމާވެފައިވާ މި ޙާލަތުން އަރައިގަތުމަށް ދިވެހި ފުލުހުންނާއި ސިފައިން އަޅުއްވަމުންގެންދަވާ އެންމެހާ ފިޔަވަޅުތަކަކީ ޤައުމުގެ މަސްލަޙަތާ އަމާންކަން ޤާއިމުކުރުމަށް އަޅުއްވާޙިކްމަތްތެރި ފިޔަވަޅުތަކެއްކަމަށްވެސް ޤަބޫލުކޮށް އެކަންތައްތަކައްވެސް ތާޢީދުކުރަމެވެ.

ޤައުމެއްގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެފާއޮންނަނީ އެޤައުމެއްގައި އަދުލް އިންސާފް ޤާއިމްވެފައި އޮންނަ މިންވަރަކަށްކަންކަށަވަރެވެ. މިއަދުގެ ޙާލަތަށް ބަލާއިރު ސިޔާސީބައެއްގެ ވަކިތަކުން ސަލާމަތްނުވެ ތިބި ބަޔެއްފަނޑިޔާރުން ކުރައްވާ އިންސާފެއްނެތް ހުކުމްތަކުން މުޅި ޝަރުޢީނިޒާމަށް ރައްޔިތުން ކުރާ އިތުބާރުގެއްލި ދުވަހަކުވެސް އިންސާފެއްނުލިބިދާނޭކަމުގެމާޔޫސްކަން މިވަނީ އިންތިހާއަށްބޮޑުވެފައެވެ.ތަޙުޤީޤުކުރުމުގެ ފުރިހަމަބާރު ފުލުހުންނަށް ޤާނޫނުތަކުން ލިބިދީފައިވާއިރު ވަކި ބަޔަކާމެދު އިންސާފުވެރި ތަޙުޤީޤެއް ހިންގޭނޭ މަގުއެއްކޮށްބަންދުވެ ވަކިބަޔަކާމެދު ތަޙުޤީޤުކުރުމަކީ ފުލުހުންނަށް ލިބިދޭ ޤާނޫނީ ބާރެއްނޫންކަމަށްދޭހަވާވާ މިންވަރަށް ބައެއް ގާޒީންގެ ނިންމުންތައް ނިންމަމުންދާކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. ދައުލަތް ހިންގުމުގެ ތިންބާރުގެ ތެރެ އިން ދައުލަތުގެ އެންމެ މަތީވެރިޔާ ނިސްބަތްވާ ބާރު، ވެރިކަންހިންގުމުގެ ބާރު އެއްކޮށްނެތިކޮށްލުމަށް ރާވަމުންދާ ހީލަތްތެރިރޭވުމުން ސަލާމަތްވުމަށް ދިފާޢީ ބާރުތަކުން އަޅުއްވާފިޔަވަޅުތަކަށް އަދިވެސްއެއްފަހަރު ތަޢުރީފުކުރަމެވެ.

ގިނަޕާރޓީއެކުލެވޭ ވެރިކަމުގެ ނިޒާމެއްގައި ވާދަވެރި އިންތިޚާބެއްގައި ރައްޔިތުންނަށް ހުށައެޅިކަންކަމަކީ ރައްޔިތުންނަށް ކަމުދާކަންކަން ރައްޔިތުންގެ ގިނަބަޔަކުބުނެ، ރައްޔިތުންގެ ފުރިހަމައަޤުލަބިއްޔަތުން ހޮވި މި ސަރުކާރުން އެކަންކަން ފުރިހަމވާ މިންވަރާމެދު ޙަސަދަވެރިވެ، ޤާނޫނީ މުއްދަތުގެކުރިން ޤާނޫނީއިމުން ބޭރުން މިސަރުކާރު ބަދަލުކުރުމަށް އިދިކޮޅުފަރާތްތަކުން ފަށާފައިވާ މަސައްކަތްތަކަށް ހިތްވަރުލިބޭގޮތަށް ދައުލަތުގެ ބައެއްމުއައްސަސާތަކުން ކުރާމަސައްކަތްތަށް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ. ޤާނޫނީވެރިކަމެއް ވައްޓާލުމަށް އިދިކޮޅުފަރާތްތަކުން މާލޭ ސިޓީގެ މަގުމައްޗަށް ނިކުންނަކޮންމެފަހަރަކު ނުފޯދޭ ފެންފޯއްރުއްތަކެއްވައްޓާލުމުން ލިބޭ ހިތްހަމަޖެހުމާއިއެކު ،ވެރިކަންކުރާ މާލޭ ސިޓީގެ އަމަނަށް ލިބޭގެއްލުމުގެ ޒިންމާވެސްނަގަންޖެހެނޭކަމަށް ވެރިކަމަށް ފެންބޮވައިގެންފައިވާ އިދިކޮޅުފަރާތްތަކަށް ހަނދާންކޮށްދެމެވެ. ކިތަންމެވަރަކަށް މަގުމައްޗަށް ނިކުތަސް ވެރިކަމަށް އާދެވޭނީ އިންތިޚާބަކުންކަމާއި، މި ހަލަބޮލިކަމުގައިވެސް ބާއްވާ އިންތިޚާބްތކުގައި ނިކުންނަ ނަތީޖާއިން އިދިކޮޅުހުރިހާފަރާތްތަކުން ކަންބޮޑުވެ ގޮތްހުސްވެފައިވާމިންވަރު ވަރަށް ރަނގަޅަށް ހާމަވާކަން ދިވެހިރައްޔިތުންނަށް މިދަނީ އެނގިފާޅުވަމުންނެވެ.

އެމްޑީޕީ އުތުރު ޕްރޮވިންސް އިދާރާގެ ނޫސް ބަޔާން ވިދާޅުވުމަށް މި ލިންކަށް ފިއްތަވާލައްވާ