ޑރ. ޖަމީލު އާއި ދި ޓީވީން ދިވެހި ސަރުކާރަށް ނިސްބަތްކޮށް ދޮގުވާހަކަ ފަތުރަމުންދާ މައްސަލަ ތަޙްޤީޤުކުރުމަށް އެދި ސަރުކާރުން ޕޮލިހަށް ހުށަހަޅައިފި

މ. ކަރިޝްމާވިލާ އަޙްމަދު އިބްރާހީމްދީދީއާއި، ފުވައްމުލައް އީސްޓްލައިޓް ޑރ މުޙަންމަދު ޖަމީލު އަޙްމަދާއި، ދި ޓީވީ އިން ދިވެހި ސަރުކާރަށް ނިސްބަތްކޮށް، ޔަހޫދީންގެ ރޭވުމުގެ ދަށުން ސަރުކާރުން ދީނީ ޢިލްމުވެރިންނާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ސަރުކާރު ހިނގަމުންދަނީ ފާދިރީންގެ ނުފޫޒުގެ ދަށުން ކަމަށް ބުނެ، ސާބިތު ނުހިފޭ ވާހަކަ ފަތުރަމުންދާތީ، މި ފަރާތްތަކުން ދިވެހި ސަރުކާރަށް ނިސްބަތްކޮށް ގަސްތުގައި ހަދައިގެން ދޮގު ވާހަކަ ފަތުރަމުންދާ މައްސަލަ ތަޙްޤީޤުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަވައިފިއެވެ.

މިކަން އަންގަވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީއެއްގައެވެ.