މިރާއްޖެއަށް ލިބޭ ނަފާއިން ރައްޔިތުންނަށް ހެލްތު އިންޝުއަރެންސް ދެވޭނެކަމަށް ގަބޫލު ނުކުރިއަސް މިސަރުކާރު ދެމިއޮތިއްޔާ އެކަންވާނެ

ފަހަލަސަޢީދު

މިރާއްޖެއަށް މިއޮތްހާދުވަހު ލިބުނު ފައިސާ ވެރިކަން ހިންގި މީހުން ކައި ތިރި ނެއެރުވިނަމަ މިހާރުވެސް ވަމުންމިދާ ކަންތައްތައް އޭރުވެސް ވީހެވެ.

މިރާއްޖެއަކީ ގައުމެއްކަމުގައި ވިއަސް ދުނިޔޭގެ އެންމެސިޓީއެއްގައި އުޅޭވަރަށް ވަރަށްވެސް މިރާއްޖޭއަކު ރައްޔިތުންނެއް ނެތެވެ. އެންމެ ތިންލައްކަ މީހުން ބެލެހެއްޓުމަކީ ބައިނަލް އަގްވާމީ އެންމެ ކުންފުންޏަ ކަށްވެސް ކުރެވޭވަރުގެ ކަމެކެވެ. މިރާއްޖޭގައި ތިބި މަދު ރައްޔިތުންކޮޅެއް ބެލެހެއްޓުމަކީ ސަރުކާރަށް ކުރެވިދާނެ ކަމެއްތޯ ނުބަލާބަޔަކަށް މިޚިދުމަތުގެ ވާހަކަ ނުދެއްކޭނެއެވެ.

މިރާއްޖޭގެ ރައްޔިތުންނަށް ހިލޭ ކަރަންޓާ ފެން ދިނުމަކީވެސް މިސަރުކާރަށް މާބޮޑުކަމަކަށް ނުވެހިނގައިދާނެއެވެ. ދެން ބުނަންވީ އެއްވެސް ސަރުކާރަކަށް އެވަރުގެ ކަމެއް ނުކުރެވޭނެ ވާހަކަ ހެއްޔެވެ. ޚިދުމަތެއް މިދެނީ ހަމަތިބެފާ ޚިދުމަތެއް ދޭއުޞޫލަކުން ނެއްނޫނެވެ. ދާއިމީގޮތެއްގައި އެކަންވެދާނެތޯ ބަލާ ދިރާސާ ކުރުމަށްފަހު ނޫނީ ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެއެވެ. ރައްޔިތުން އުފާވަނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މުޅިރައްޔިތަށް ނުދޭ ޚިދުމަތެއް މިރާއްޖޭގެ ރައްޔިތުންނަށް މިއަދުގެ ސަރުކާރުން ދެމުންގެންދާތީއެވެ.

މި ޚިދުމަތް މިހާރު ދެވެމުންދަނީ ގާނޫނީ ބާރު ލިބިގެންނެވެ. ކުރިއަށް އޮތްތާގައިވެސް ޖެހޭނީ ރައްޔިތުންނަށް މިޚިދުމަތް ދޭށެވެ. މިރާއްޖޭގެ ހުރިހާޕާޓީތަކާ އިނދެ ވަރިކޮށް ފަށްކަނޑާ ހިސާބަށް ގޮސް ބޯހަލާކުވެފައިތިބި ބަޔަކަށް މިރާއްޖޭގެ ޙަލަތާ މިރާއްޖެއަށް ލިބޭއެއްޗެއް ނޭނގިތިބެ ދައްކާ ވާހަކަތަކަތަކަކީ ރައްޔިތުން އަޑުވެސް އަހާނެ ވާހަކައެއް ނޫނެވެ.
ދައުލަތަށް ލިބޭ ހުރިހާފައިދާއެއް ބޭނުންކޮށް ސިންގަޕޫރަށް ގޮސް ފޭޝިއަލް ހަދަންޏާ އެބުނާގޮތް ވެދާނެއެވެ. އިޚުލާސްތެރިކަމާއެކު ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް ދޭކަމަށް ވަންޏާ މިހިރީ ކުރިންވެސް ކުރެވެން ހުރިކަންތައްތަކެވެ.

މިސަރުކާރު ދެނެއް ގުޑުވައެއް ނުލެވޭނެކަން އިދިކޮޅުމީހުންނަށް ވެސް އަދި ހައްދުފަހަނައަޅާފައި ތިބި މީހުންނަށްވެސް މިހާރު އެނގޭނެއެވެ.

ދީނާ ދުރީ ކޮންބައެއްކަން މިހާރު އެއޮތީ ރައްޔިތުންނަށް އެނގޭށެވެ.