ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް މިރޭ އެ ޕާޓީގެ ހަރުގޭގައި އޮންނާނެ

އިބްރާހީމް ރާމިޒް

އެމްޑީޕީ ހަރުގޭގައި އެންމެ ފަހުން ބޭއްވި ބޮޑު ޖަލްސާ .. ބޮޑު ތިލަދުންމަތީ ބޮޑު މަންޒަރު ޖަލްސާގެ ތެރެއިން ..އެމްޑީޕީ ފައިލް ފޮޓޯ
އެމްޑީޕީ ހަރުގޭގައި އެންމެ ފަހުން ބޭއްވި ބޮޑު ޖަލްސާ .. ބޮޑު ތިލަދުންމަތީ ބޮޑު މަންޒަރު ޖަލްސާގެ ތެރެއިން ..އެމްޑީޕީ ފައިލް ފޮޓޯ

އެމްޑީޕީގެ އިސް ލީޑަރު، ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް މިރޭ އެ ޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.

މި ޖަލްސާ ގައި އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދުކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ބައިވެރިވެވަޑައިގަތުމަށް އެ ޕާޓީން އެދެއެވެ.

މިރޭގެ ޖަލްސާ ގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ބައެއް ވަޒީރުންނާއި، އެމްޑީޕީގެ ބައެއް ކޮމިޓީތަކުގެ ބޭފުޅުން ވާހަކަދައްކަވާނެއެވެ.

މި ޖަލްސާ ފެށޭނީ މިރޭ 8.45 ގައެވެ