ނޫސް ބަޔާން: ހދ.ވައިކަރަދޫގައި ބޭއްވި “މެދުމިނަށް ތާއީދު” މުޒާހަރާގެ ތެރެއަށް ވަދެ ބަޔަކު މީހުން ހިންގި ހަމަނުޖެހުން ކުއްވެރިކޮށް އެމްޑީޕީ ވައިކަރަދޫ ދާއިރާގެ ފަރާތުން ނެރޭ ނޫސް ބަޔާން

mdp-logo

ރާއްޖޭގެ އެކިކަންކޮޅުތަކުގައި 2011 ވަނައަހަރުގެ ޑިސެމްބަރ މަހުގެ 23 ވަނަދުވަހު “މެދުމިނަށް ތާއީދު ” މިނަމުގައި ބޭއްވި މުޒާހަރާއަކާއި، ދީންޙިމާޔަތް ކުރުމަށް ކަމަށް ބުނެ ބަޔަކުމީހުން ބޭއްވި މުޒާހަރާ ނިމިގެންދިޔައީ އެއްވެސް ހަމަނުޖެހުމެއް ހިނގުމެއްނެތި ކަމުގައި ވީނަމަވެސް ވައިކަރަދޫ ދާއިރާގައި ދެފަރާތުންބޭއްވި މުޒާހަރާ ނިމިގެންދިޔައީ ވައިކަރަދޫގެ އާއިލާތަކުގެ މެދުގައި ފިތުނަފަސާދައުފެދި، މާރާމާރީ ހިންގައި، ޓެރަރިޒަމުގެޢަމަލުތައް ކަމުގައި ބެލެވޭފަދަ ގޮތަކަށް، ވަރަށް ދަށުދަރަޖައިގެ ގޮތަކަށެވެ.
އިސްލާމްދީނަކީ މެދުމިނުގެ ދީންކަމުގައި ނިންމަވާފައިވަނީ “މެދުމިނަށް ތާއިދު” މިމުޒާހަރާ އިންތިޒާމް ކުރިފަރާތަކުންނޫނެވެ.
އިސްލާމްދީނަކީ މެދުމިނުގެ ދީންކަމުގައި ނިންމެވީ އިސްލާމްދީން އަޅުގަނޑުމެންގެ ގާތަށް ގެނެސްދެއްވިފަރާތުންކަމަށް ވީހިނދު، ތުނބުޅި ދިގުކޮށްގެން ތިބިބަޔަކު މެދުމިނަށް ނުރުހުން ފާޅުކޮށް މެދުމިނަށް ތާއީދުކުރާމީހުންނާ ކުރިމަތިލައި، ގަޔަށް އަތްލާ ޒަޚަމްކޮށް މާރާމާރީ ހިންގާފައިވާތީ އެބައިމީހުންނަކީ މިއުންމަތުގެ ރަސޫލާގެ އެންގުވުމަށް ފުރައްސާރަކޮށް ރަސޫލާގެ ސުންނަތަށް މަލާމާތްކުރާބައެއްކަން ކަށަވަރު ވެގެންދިޔަ ހިނދު، އަދި މެދުމިނަށް ތާއީދު ނުކުރެވޭނޭކަމަށް ބުނެ ރައްޔިތުންނާ މުޚާޠަބުކޮށް އަޑުއުފުލައި، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ މާތްވެގެންވާ އިސްލާމްދީނާ ޚިލާފަށް ޅަކުދީންނާއި މުސްކުޅިންނާއި، ހަށިވިއްކުމާއި ރަލާ އޫރުމަސް ވިއްކައިގެން ތިމާގެ މާލީ މަންފާތައް ޙާޞިލްކުރަމުންދާ މީހުން ބައިވެރިވެގެން ދީނުގެ ނަމުގައި ރާއްޖޭގެ ވެރިކަން ވައްޓާލުމަށް ހިންގާފައިވާ މި ލާއިންސާނީ ޖަރީމާ އަޅުގަނޑާއި، މިދާއިރާގައި ތިއްބެވި މެދުމިނަށް ތާއިދުކުރާ އެންމެންގެ ފާރާތުން ނުހަނު ހަރުކަށި ޢިބާރާތުން ކުއްވެރިކުރަމެވެ.
ދިވެހިސަރުކާރުން ޝަރުކަށް ގޮވާފައި ނުވާހިނދު އަދި މިރާއްޖޭގައި މިހާތަނަށްވެސް އަދިވެސް މިހާރުވެސް އޮތީ އިސްލާމްދީންކަން ސަރުކާރުންނާ ގާނޫނު އަސާސީއިން ކަށަވަރު ކޮށް ދެމުންދާއިރު މި އިންއެއްވެސް ކަމަކަށް ބެލުމެއްނެތި އަދި ސަރުކާރާ ދެކޮޅަށް ނުކުމެވޭނޭ އެއްވެސް ދީނީ ހުޢްޖަތެއް ދަލީލެއް ދެއްކިފައި ނުވާއިރު މެދުމިނަށް ތާއީދުކުރާ ފަރާތްތަކާ ދިމާކޮށް ލަކުޑި ފަތިތަކުންނާއި، މޮހޮރު ފިލާތަކުން މެދުމިނަށް ތާއިދު ކުރާ ރައްޔިތުންނަށް ގެއްލުންދީ އިސްލާމްދީނުގެ މަތިވެރި ސުންނަތްތަކަށް ހަޖޫ ޖަހާފައިވާތީ މިފަދަ ފަރާތްތަކާމެދު އަވަސްފިޔަވަޅުތަކެއް އަޅުއްވާ މިފަދަ ނޭއްގާނީ ޢަމަލުތަކުން މިގައުމާއި ރައްޔިތުން ހިމާޔަތް ކޮށް މިރާއްޖޭގައި ޢަދުލު އިންޞާފް ގާއިމް ކޮށްދިނުމަށް، މިރާއްޖޭގެ އަމާންކަން ގާއިމުކުރުމަށް ދައުލަތުން މިކަންކަމާ މަތިކޮށްފައިވާ އެންމެހާ ފަރާތްތަކަށް އެމްޑީޕީ ވައިކަރަދޫ ދާއިރާގެ ފަރާތުން ގޮވާލަމެވެ.

ބަޔާން ނެރުއްވީ: އެމްޑީޕީ ވައިކަރަދޫ ދާއިރާގެ ރައީސް އަޙުމަދު ޙާޝިމް