ރައީސުލްޖުމްހޫރިއްޔާ އަށް ސްރީލަންކާއިން ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފި

hep-in-srilanka

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިއްޔެ މެންދުރުކުރީގެ ވަގުތެއްގައި ސްރީލަންކާއަށް ވަޑައިގަތުމުން، ސްރީލަންކާގެ ވައިގެ ބަނދަރުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ..
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ސްރީލަންކާގެ މިލިޓަރީ އެކަޑަމީގެ ކޮމިޝަނިންގ ޕެރޭޑް ރަސްމިއްޔާތުގައި، ޝަރަފްވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް، ސްރީލަންކާ ސަރުކާރުން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.