ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅަކީ، ސްރީލަންކާގެ މިލިޓަރީ އެކަޑަމީގެ ކޮމިޝަނިންގ ޕެރޭޑް ރަސްމިއްޔާތުގައި، ޝަރަފްވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް، ސްރީލަންކާ ސަރުކާރުން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، ރަސްމީ ފާލަމުން ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިން ދެންނެވި ބައެއް ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވިއެވެ.