އެމް.ޑީ.ޕީގެ އިގްތިޞާދީ ކަންކަމާބެހޭ ކޮމިޓީ އިއްޔެ އިފްތިތާޙު ކޮށްފި

ފަހަލަ ސަޢީދު

އެމްޑީޕީގެ ދާއިމީ ކޮމެޓީތަކުގެ ތެރެއިން މިހާތަނަށް އިފްތިތާހު ނުވެއޮތް ދެކޮމެޓީގެ ތެރެއިން އިގްތިޞާދީ ކަންކަމާ ބެހޭ ކޮމެޓީ 2011/12/21 ވަނަދުވަހުގެ ހަވީރު އެމްޑީޕީގެ މައިއޕފީހުގެ ޖަލްސާކުރާމާލަމުގައި އިފްތިތާހު ކޮށްފިއެވެ.

މިކޮމެޓީގެ މުގައްރިރުކަމަށް ހޮވި ވަޑައިގަތީ މުޙައްމަދު ޝީހާބެވެ.

ނާއިބު މުގައްރިރެއްގެ މަގާމަށް ހޮވިވަޑައިގަތީ ނަސްރުﷲ ޢަބުދުލް ވާޙިދެވެ،

އެމްޑީގެ ދާއިމީ 17 ކޮމެޓީގެ ގެތެރެއިން 16 ކޮމެޓީ މިހާރުވަނީ އިފްތިތާހު ކުރެވި ކޮމެޓީތަކުގެ ޙަރަކާތްތަށް ފައްޓާފައެވެ

މިކޮމެޓީ އިފްތިތާހުވުމުން އެމްޑީޕީގެ ދާއިމީ 17 ކޮމެޓީގެ ތެއިން ގާނޫނީ ކަންކަމާބެހޭ ކޮމެޓީ ފިޔަވާ އެހެން ހުރިހާކޮމެޓީ ތައްއެކުލަވާލާ ނިމުނީއެވެ.