ގިޞާސް ހިފުމާމެދު އިންކާރު ކޮށް މައުމޫނު މީޑިޔާގައި ދެއްކި ވާހަކަތައް

ފަހަލަ ސަޢީދު

އިސްލާމް ދީނުގައި ގުރުއާނާ ސުންނަތުންނާއި ދީނުގެ ދަންނަ ބޭކަލުންގެ އިޖުމާޢުން ކަނޑައެޅި ސާބިތުވެފައި އޮތް ގިޞާޞާއި ދީނުގެ އެހެނި ހެން ޙައްދުތަށް އޮޅުވާލައްވަމުން ދިވެހިރައްޔިތުންގެ ބޮލުގައި އެކަން އަޅުވަމުން، ދިވެހިން ބޭނުންވާ ކަމެއްނޫނޭ ވިދާޅުވެ އިސްލާމްދީނުގެ ބާރު ކަނޑުވާލުމަށްޓަކައި ތިމާގެ ލާދީނީ ހެކި ހެކި ދައްކަވަމުން ގުރުއާނުގައި ނުވެސް ނެތް އެއްޗެއް ކިއުއްވައިގެން މި މުސްލިމް މުޖުތަމަޢު މަގު ފުރައްދަން މަސައްކަތް ކުރައްވާފައިވާ ކަމީ މީޑިޔާ ހެކިދީފައިވާ ޙަގީގަތެކެވެ.

މިބުނެވުނު ކަންތައްތަކާ ބެހޭގޮތުން ޓީވީ މޯލްޑިވްސް ގެ “ސިޔާސަތު” ޕްރޮގްރާމުގައި އިސްލާމްދީނުގައި އޮންނަ ގިޞާސް ހިފުމުގެ މައްސަލަޔާ ބެހޭގޮތުން ސުވާލު ކުރުމުން އެމައްސަލަ އޮޅުވާލައްވަމުން މައުމޫނު ވިދާޅުވެފައިވަނީ “މަރުގެ ޙުކުމް ދީނުގައި އޮންނަނީ ލާޒިމް ކުރައްވާފައެއް ނޫން ދެއްތޮ، އެޙުކުމަކީ ބޭނުން ވެއްޖެއްޔާ ގާއިމް ކުރެވިދާނެ ޙުކުމެއް، ނުވަތަ ބޭނުން ވެއްޖެއްޔާ ދޫކޮށްލެވިދާނެ ޙުކުމެއް، ހުރިހާކަމެއްވެސް ދީނުގައި އޮންނަނީ އެހެން،ދީނުގައި ބާރު އަޅުއްވާފައި އޮންނަނީ މަޢާފުކުރުމަށް، ހުރިހާ ކަމެއްގައިވެސް، އޮންނީ ތިޔަބައި މީހުން މަޢާފްކުރުމަކީ ތިޔަބައި މީހުންނަށް ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. އެހެންވީމާ އަދި ޙުކުމެއް އޮތަކަސް، އަޅުގަނޑު އިޢުތިރާޟެއް ނުކުރަން އެޙުކުމަކަށް، ޝަރީޢަތުގައި ޙުކުމް އޮތީމަކަ، އެއަށް އިޢުތިރާޟެއް ނުކުރަން ފަހަރެއްގައިވެސް، އަޅުގަނޑު ބުނާ ވާހަކަޔަކީ ރާއްޖޭގެ ޙާލަތަށް ފެތޭ ކަމެއްނޫނޭ، އެއީކީ، ރާއްޖޭގެ މީހުން ގަބޫލު ކުރާނެކަމެއް ނޫނޭ، އަޅުގަނޑު މިހެން ދަންނަވާ އިރު އިނގޭ އެންމެ ފަހުން ރާއްޖޭގައި މީހަކު މަރާފައި އޮތީ 1951 ވަނައަހަރު، އެއީ މީގެ 60 އަހަރުކުރިންނޫންތޯ، 67 އަހަރުކުރިން، އޭގެ ފަހުން މީހަކު މަރާފައެއްނެތޭ ސަރުކާރުގެ ފަރާތަކުންނެއް، އެއީ ކީއްވެތޯ، އެއީ ރާއްޖޭގެ ރައްޔިތުން ގަބޫލު ކުރާކަމެއްނޫން”

އަދިވެސް ޙައްދުތަކާއި ގިޞާސްތައް އެއީ ގާއިމްކުރަން ނުޖެހޭ ހުކުމް ތަކެއްކަމުގައި ހާމަކޮށް މިފަދައިން ވިދާޅުވިއެވެ،
“އާދެ އާދެ ނުކުރުމަށް ހުއްދަ، އެއީ ހަމަ އަޅުގަނޑު މެންގެ އަތުގައި އޮތްކަމެއް، ކޮންމެހެން ލާޒިމެއްނޫން ދީނުގައި އޮންނަ ޙުކުމެއް މިސާލަކަށް ހައްދު ނުވަތަ ގަތުލު ކުރުން ލާޒިމް ކަމެއްނޫން.”

މިބައި ނެގީ 44 ހަތަރު ދަންނަ ބޭކަލުންގެ ބަޔާނުން

ލޮބުވެތި ރައްޔިތުންނޭވެ! ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު އަބުދުލް ގައްޔީމަކީ އިސްލާމްދީން ކިޔަވާވިދާޅުވެގެން ހުންނެވި ބޭފުޅަކަށް ވާއިރުވެސް، އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެތަކެއް އަހަރުއްސުރެން ފެށިގެން ދިވެހިރާއްޖޭގައި މިއޮތް ސިލްމާ ސަލާމަތު ނައްތާލެއްވުމަށެވެ. އޭނާ ދަނީ އޭނާގެ ބަހާ ޢަމަލުން އިސްލާމްދީނާ ފުށުއަރާ އެތަކެއް ވާހަކަތައް ދައްކަވައި ދީނާ ޚިލާފް އެތަކެއް ކަންތައް ކުރައްވަމުންނެވެ. ދީނުގައި ހުރި އެއްވެސް ޚިލާފުވުމެއްނެތް މައްސަލަތައް ނަންގަވައިގެން އެމައްސަލަތަކާމެދު ދިވެހިރައްޔިތުންގެ ހިތްތަށް ކިލަނބު ވާނޭފަދަ މަގުތައް ކޮށްޓަވައި ނޫފޫޒާ ބާރުގެ ބޭނުން ކުރައްވައިގެން، ދީން ހަތިޔާރެއްގެ ގޮތުގައި ގެންގުޅުއްވަމުން ދީނުގެ ޢިލްމުވެރިންގެ ކަރާމާތް ނައްތާލައްވަމުން އެބޭފުޅުންނަށް ތަފާތު އަދަބު ދީ އަނިޔާކުރައްވަމުންނެވެ.

މާތްﷲގެ ކަލާމްފުޅުގެ އެތަކެއް އާޔަތްތަކަށާ ލޮބުވެތި ރަސޫލާގެ އަރިހުން ޞައްޙަ މަގުން ވާރިދުވެ ސާބިތުވެފައިވާ އެތަކެއްސުންނަތްތަކަށް ފާޅުގައި ގޮން ޖައްސަވަމުންނެވެ. ދީނުގެ ބޮޑެތި މައްސަލަތަކުގައި ތިމާގެ އަމިއްލަ ޚިޔާލާ ފަލްސަފާ ވައްދަވއިގެން ދަންނަބޭކަލުން އެކަންކަމާމެދު އިޖުމާޢުވެ އެއްބަސްވެވަޑައިގެންފައިވާ އެތަކެއް މައްސަލަތައް ފޫއަޅުވާލައްވަމުންނެވެ. މިއީ މިހާރު މައުމޫނާ ބައިޢަތު ހިފައިގެން ތިބި ދަންނަބޭކަލުން މައުމޫނާ ބެހޭގޮތުން ލިއުއްވާފައި ހުރި ވާހަކަތަކެވެ. މީގެ ތެރޭގައި ޝައިޚު ޢިމްރާނުވެސް ހިމެނިވަޑައިގަންނަކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ.

2004 ވަނައަހަރުގެ ރަމަޟާން މަސް އިޙުޔާކޮށް ދިރުވުމުގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ދިވެހީންނަށް އެމީހަކު ބޭނުންވާ ދީނަކަށް އުޅުމުގެ ޙައްގު ލިބިގެން ވާކަމަށް ވިދާޅުވެ އަޑު އުފުއްލެވުމަށްފަހު އެކަމާ އިދިކޮޅަށް ރައްޔިތުން އަޑުއުފުލައި އިހުތިޖާޖް ކުރަން ފެށުމުން އޭގެ ފަހުން ވާހަކަ އޮޅުވާލައްވަން މަސައްކަތް ކުރައްވައި ތިމަން ދެއްކި ވާހަކަ ރައްޔިތުންނަށް ނުވިސްނެޔޭ ވިދާޅުވެ އޮޅުވާލުމުގެ އާކުލަވަރެއް ރައްޔިތުންނަށް ދެއްކެވިއެވެ. މީގެ ސަބަބުން އިތުރަށް ރައްޔިތުންގެ ކުރިމަތީގައި ފަޟީޙަތްވެ ބޭޒާރުވެގެން ދިޔައެވެ.

ދަންނަބޭކަލުން މިވާހަކަތައް ރައްޔިތުންގެ ގާތުގައި ދީނީ ގޮތުން ވިދާޅުވެ މައުމޫނުގެ މިޢަމަލުތައް ކުށްވެރި ކޮށްފައި ވާއިރު އެނުލަފާ ދީނުގެ ޢަދާވާތްތެރިޔާގެ މައްޗަށް ބައިޢަތު ހިފުމުން އެބޭފުޅުންގެ ދީންވެރިކަމާ މެދު ތިޔަބޭފުޅުންގެ ހިތްތަކުގައި ސުވާލު ނުއުފެދޭތޯއެވެ؟ ރާއްޖޭގައި އޭރު ނެރުނު ހަފްތާ މަޖައްލާއެއް ކަމުގައިވާ “އައްޑުވަސް” އިން އަންހެނާގެ ޢައުރަޔާ މެދު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ތިމަންނާ ދެކޭގޮތުގައި ބުރުގާ އެޅުމަކީ ކޮންމެހެން ލާޒިމް ކަމެއްނޫނޭ ވިދާޅުވެ އިސްލާމީ ޙުކުމެއްގެ އަގު ވައްޓާލަން މަސައްކަތް ކުރައްވާފައި ވެއެވެ. ހަމަ އެޔާއެކު މިމަތިވެރި ޝަޢާރު ނައްތާލެއްވުމަށްޓަކައި ތަފާތު ތަންތަނުގައި އެކިގޮތްގޮތުން ވާހަކަ ދެއްކެވުމާއި ދީނުގެ މިޙުކުމުގެ މުހިންމުކަން މީސްތަކުންގެ ހިތްތަކުން ފޮހެލެއްވުމަށްޓަކައި ވެރިކަމުގެ ނުފޫޒާ ބާރު ބޭނުންކުރައްވައި މީސްތަކުންނަށް ބިރުދައްކަވާފައި ވެއެވެ. އަދި އޭރު ޓީވީ މޯލްޑިވްސް އިން މޫނުބުރުގާ އަޅައިގެން ތިބި އަންހެނުންގެ ވީޑިޔޯއެއް ދެއްކި އެތާގެ އެސިސްޓެންޓް އެޑިޓަރ ޖަލަށް ލާފައިވެއެވެ.

މީގެއިތުރުން ބުރުގާއަޅާ އަންހެނުންނަށް ގޯނާކޮށް ބުރުގާއަކީ މުސްލިމު އަންހެނުން އަޅަންޖެހޭ އެއްޗެކޭ ބުނެފިނަމަ އެމީހަކު ޖަލަށްލައި އަދަބުދީ އެނޫންވެސް ތަފާތު ބިރު ދައްކަވަމުން ގެންދެވިއެވެ. އަދި އޭރުގެ ސަރުކާރުން ފާސްކޮށްގެން ބައެއް ސްކޫލް މަދުރަސާތަކުގެ އަންހެން ދަރިވަރުން އަޅަމުން ދިޔަ ބުރުގާ ޔުނީފޯމު އުވާލައްވައި އެކަން މަނާކުރައްވާފައިވެއެވެ. މިއީ ބުރުގާއެޅުމުގެ ރިވެތި އުޞޫލުތައް މިގައުމުން ފޮހެލެއްވުމަށް މައުމޫނު ކުރައްވާފައި ހުރި މަސައްކަތެވެ. އަދި ބުރުގާގެބައި ފަހުންއަންނަހުއްޓެވެ.

ގިޞާޞް އާބޭހޭގޮތުން މައުމޫނު އިތުރަށް ދައްކަވާފައިހުރި ބައެއް ބައިތައް ހިމަނާލާނަމެވެ. އައި.ޑީ.ޕީގެ ރައީސް ޢުމަރު ނަޞީރު އޭނާގެ ވެރިކަމެއްގައި ގިޞާސްހިފާނަމޭ ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވަމުން 5 ސެޕްޓެމްބަރ 2008 ވަނަ ދުވަހުގެ ރޭ ޣިޔާސުއްދީން ސްކޫލްގައި ޑީއާރުޕީއިން ބޭއްވިޖަލްސާގައި މައުމޫނު ވިދާޅުވެފައިވެއެވެ. “އެބޭފުޅުން ދެއްކެވި ވާހަކަތަކުގައި ވަރަށް ހަމަނުޖެހޭ ކަންތައްތައް ހުރި. ތިބޭފުޅުންނަށް އެނގިވަޑައި ގަންނަވާނެ، މަރުގެ އަދަބު ދިނުން، މިސާލަކަށް، އެއީ މިރާއްޖޭގެ ރައްޔިތުން ގަބޫލުކުރާނެ ކަމެއްނޫން. އަދި ބައިނަލް އަގްވާމީ ޖަމާޢަތްތަކުން ވެސް މިހާރު ގަބޫލުކުރާ ކަމެއްނޫން. އަދި އަދި އދ މަޖިލީހުގައިވެސް މީހުން މެރުމުގެ އަދަބާދެކޮޅަށް ވަނީ ގަރާރުތަކެއް ފާސްކޮށްފައި، މީކީ ކުރެވޭނެ ކަމެއް ނޫން.”

އިސްލާމްދީނުގައި ކަނޑައެޅިގެން އަންގަވާފައި އޮތް ޙުކުމެއް ދިވެހިރައްޔިތުން ގަބޫލުނުކުރާނެއޭ ވިދާޅުވިއިރު އެހުއްދަ މައުމޫނަށް ދިނީ ކޮން ދިވެހިރައްޔިތެއްތޯ ބަލާލަން އެބަޖެހެއެވެ. އަދި ކަނޑައެޅިގެން އިތުރުފުޅު ހައްދަވައި ބައިނަލްއަގްވާމީ މުޖްތަމަޢު ގަބޫލު ނުކުރާކަމަށް ވިދާޅުވާއިރު މަރަށް މަރު ހިފުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރަމުންދާ ކަމެއް ކަމީ ފެންނަން އޮތް ޙަގީގަތެއްކަން މައުމޫނަށް ވިސްނިވަޑައި ނުގަތް ކަމީ ދިވެހިރައްޔިތުންގެ ކުރިމަތީގައި ޖެހިލުމެއްނެތި އިތުރުފުޅު ހައްދަވަން ކެރިވަޑައިގަންނަވާ ކަމުގެ ހެއްކެކެވެ. މިމައްސަލަޔާމެދު ސޫރަތުލް ބަގަރާގެ 178 ވަނައާޔަތުގައި މާތްﷲ ވަޙީކުރައްވަނީ “އޭ އީމާންވި މީސްތަކުންނޭވެ! ޙައްގަކާނުލައި މަރާލެވޭ މީހުންގެ މަރުގެ ބަދަލުގައި މަރަށް މަރު ހިފުމީ ތިޔަބައިމީހުންގެ މައްޗަށް ﷲ ފަރުޟުކުރައްވާފައިވާ ކަމެކެވެ.”

އަދިވެސް ސޫރަތުލްބަގަރާގެ 179 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ވަނީ “އޭބުއްދީގެ އަހުލުވެރީންނޭވެ! ގިޞާޞް ހިފުމަކީ ތިޔަބައިމީހުންނަށްޓަކާ އެކަމުގައި ދިރިހުރުން އޮތްކަމެކެވެ. އެއީ ތިޔަބައިމީހުން ތަގްވާވެރި ވޭތޯއެވެ.”

އަދިވެސް އަލް މާއިދާސޫރަތުގެ 44 ވަނަ އާޔަތާއި 45 ވަނަ އާޔަތުން ދަލީލު ނަންގަވަމުން އަލް އިމާމު ޤުރުޠުބީއާއި އެނޫންވެސް ދީނުގެ ގިނަ ދަންނަ ބޭކަލުން ވިދާޅުވަނީ ރަޖަމުކުރުމާއި ޤިޞާޞް ހިފުމާއި މިފަދަ ޙައްދުތަކާއި އިންކާރު ކޮށްފި ކޮންމެ މުސްލިމަކީ ކާފިރެއްކަމަށެވެ.
އެހެންކަމުން މި 44 ދަންނަ ބޭކަލުންގެ ބަހުން މައުމޫނަކީ ކާފިރެއްކަން މިވަނީ ކަށަވަރު ކުރެވިފައިތާއެވެ. އަނެއްކާވެސް ބުރުގާއާ ދިމާލަށް ޖެހިލާނަމެވެ.

އަންހެނާގެ ޢައުރައަކީ ކޮބައިކަމާ ޢައުރަ ނިވާކުރުމަކީ ވާޖިބުކަމެއް ކަމާމެދު ޝައްކު އުފެދޭ ކަހަލަ ވާހަކަ ދައްކަވަމުން ﷲގެ ޙުކުމްފުޅަށް ގޮންޖައްސަވަމުން މައުމޫނު ވިދާޅުވިއެވެ.
“ތި ވިދާޅުވާ ވިދާޅުވުމުގައިވެސް އެބަހުރި އޮޅުންތަކެއް، ދީނުގެ ހުރިހާ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ކަމެއްނޫން ތި ވިދާޅުވީކީ. އަނެއްކާ ކީރިތި ގުރުއާނުގައި ކަނޑައެޅިގެން ސަރީޙަ އިބާރާތުން އެނގެން އޮތްކަމެއްވެސް ނޫން.”

އަދިވެސް މައުމޫނު ވިދާޅުވަނީ “ގުރުއާނުގެ ތަރުޖަމާއަކީ ޙުއްޖަތެއްނޫން، ގުރުއާން ތަރުޖަމާއަކީ
އިންސާނުން ކުރާ އެއްޗެއް، އެތަރުޖަމާ ރަނގަޅަށް ވެސް ކުރެވިދާނެ ގޯސްކޮށްވެސް ކުރެވިދާނެ، އެހެނެއް ނޫން ޢަރަބި ބަހުން އޮންނަ ލަފުޒުން ދޭހަވާއެއްޗެއް ވިއްޔާ މައްސަލައެއްނެތް، އެކަމަކު ތިތަރުޖަމާއަކީ އެއްވެސް ޙާލެއްގައި ޙުއްޖަތެއްނޫން، އެހެންވެ އޭގެމައްޗަށް ބިނާކޮށް ވާހަކައެއް ދައްކާކަށް ނުޖެހޭނެ.”

މައުމޫނާ އޭނާގެ އަރިސް ބައެއް މީހުން އަންނަނީ މި މައްސަލަ އެކިގޮތްގޮތަށް ބަޔާންކޮށް މައްސަލަ އޮޅުވާލައްވަމުންނެވެ. ބައެއްފަހަރު ރާއްޖެއަކީ ހޫނު ތަނެއްކަމާ އެފަދަ ތަކުލީފެއް މާތްﷲ ނުޖައްސަވާނެކަމުގެ ދައުވާކުރައްވައެވެ. އަދި މިހާރު ޢާންމުކޮށް ދިވެހިން ލަމުންދާ ދިވެހިވަންތަކަމުގެ ހެދުން ރަނގަޅުކަމުގެ ދަޢުވާވެސް ކުރައްވައެވެ. ދިވެހިން މަގުފުރެއްދުމުގެ ގޮތުން އެމެރިކާގެ ރަށްވެއްސެއް ކަމުގައިވާ އާމިނާ ވަދޫދުކިޔާ ގާދިޔާނީ އަންހެނަކު ރާއްޖެ ގެނެސްގެން ވެސް މިމަޝްރޫޢު ހިންގުމަށްޓަކާ މާލެއާ ރާއްޖެތެރޭގައި އޭނާ ލައްވާ ވަޢުޒު ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމް ތައް ހިންގާ މި މައްސަލަ އަށް ވާހަކަ ދައްކުވާފައި ވެއެވެ.

ގާނޫނުއަސާސީގެ ދަށުން އިސްލާމްދީން ހިމާޔަތްކުރުމުގެ އެންމެ އިސްވެރިޔާގެ މައްސޫލިއްޔަތު އުފުއްލަވައިގެން ހުންނަވައި ގެންމެ، މައުމޫން ޢަބުދުލް ގައްޔޫމު ހިންގަވަމުން ގެންދެވިޖަރީމާ ތަކަކީ ދީނަށާއި މިމުސްލިމް މުޥާޠިނުންނަށް ދޭނެ އެންމެ ބޮޑު އަނިޔާކަމީ ޝައްކެތް އޮތްކަމެއްނޫން ކަމުގައި ގަބޫލު ކުރައްވާކަމުގައި 44 ދަންނަބޭކަލުން ލިއުއްވާފައި ވެއެވެ.