މިރާއްޖޭގައި ފަސާދަކުރާކަށް ފުރުޞަތެއް ނުދޭނަން. އެމް.ޑީ.ޕީ.ގެ ޗެއަރޕާސަން

ފަހަލަ ސާއީދު

fehigebondibai121211-78

ޝައިޠާނާއަށް ތަބާވެގެން ތިބި ބަޔަކަށް މިރާއްޖެ ފަސާދަކުރުމުގެ ފުރުޞަތެއް ނުދެއްވާނޭކަމުގައި އެމް.ޑީ.ޕީގެ ޗެއަޕާސަން އަލަފާޟިލް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާފަންނު ދެކުނު ދާއިރާ ސަރަޙައްދުގައި އެޕާޓީން ރޭ ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައި އެސަރަޙައްދުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވާ ވާހަކަ ފުޅުދައްކަވަމުންނެވެ.

މޫސަ ވިދާޅުވީ މައުމޫނަކީ މިރާއްޖޭގައި މިހާރުގެ ލާދީނީ ސެކިއުލަރ ވިސްނުންތަކުގެ މީހުންނަށް ތާއީދުކުރައްވައިގެން ލާދީނީ އޮއިވަރު މިލޮބުވެތި ދިވެހިރާއްޖޭގައި ފެތުރުމަށާ ދީނުގެ ކުލަޔާ ވަސް ދިވެހިރާއްޖޭން ފޮހެލުމަށްޓަކައި މަސައްކަތް ކުރާ މީހެއްކަމަށް ބުނެ އެނުލަފާ އަނިޔާވެރިޔާ ވެރިކަމުން ބާލާދިނުމަށް ރައްޔިތުންގެ ގާތުގައި ރޮއި އާދޭސް ކުރި މީހުން މީހުން މިއަދު އެނުލަފާ ޝައިޠާނީ ސިފަ ލިބިފައިވާ މީހާ އާގުޅިގެން މިރާއްޖެ ފަސާދަ ކުރަން މިރާއްޖޭގެ ރައްޔިތުން މަރަން ނުކުތުމުގެ ފުރުޞަތު ނުދޭނެ ކަމުގައެވެ.

އިސްލާމީ ދައުލަތެއްގާ އިސްލާމީ ވެރިކަމާ ދެކޮޅަށް ނުކުމެވޭނޭ އެއްވެސް ހަމަޔެއް ގާނޫނު އަސާސީ އިން ފެންނަށް ނެތް ހިނދު ކުޑަކުދީންނާ މުސްކުޅިން ނެރެގެން މިރާއްޖޭގެ ދީނާ ކުޅުއްވަން ނުއުޅުއްވުމަށް ގޮވާލެއްވިއެވެ. އަދި މިރާއްޖޭގައި މިއޮތް އިސްލާމީ ވެރިކަމާ ދެކޮޅަށް ނުކުންނަން އުޅޭ ވަގުންނާ ބައިޢަތު ނުހިފުމަށާ އެފާރާތްތަށް ހައްރުކުރުމަށް ގޮވާލެއްވިއެވެ. އަދި މޫސަގެ މިގޮވާލެއްވުމުގައި ބައިވެރިވެ އެސަރަޙައްދަށް އެއްވެތިބި އެންމެހައި ރައްޔިތުން ވަނީ ކަމާ ބެހޭފަރާތްތަކަށް ގޮވާލާފައެވެ.

މޫސަ ވިދާޅުވީ އަޅުގަނޑުމެން ވެރިކަމާ ޙަވާލު ވިފަހުން ދިވެހި ގައުމަށް ލިބުނިއްޔާ ލިބުނުހާ ފައިސާއެއް އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ދީގެންކަމަށާ މިހާރު އެއުޅެނީ މިސަރުކާރުގެ ވަޢުދު ފުދި ރައްޔިތުން ވޯޓް ދީގެން ވެރިކަން ނުލިބޭނެކަން އެނގުމުން މިރާއްޖެ ފަސާދަކޮށް މީހުންމަރާ ތަންތަނުގައި ހުޅުޖަހާ ވެރިކަން ވައްޓާލެވޭނެކަމަށް ހީކޮށްގެން ކަމަށެވެ، މޫސަ ވިދާޅުވީ “އަޅުގަނޑަކީވެސް މާލޭގެ ރައްޔިތެއް، އުޅެބޮޑުވީ މާލޭގެމަގުމަތީގައި، މިރަށަށް އަރާ ތިބި ބީރެއްޓެހިން މިރަށުގެ މީހުން މަރަން މަގުމައްޗަށް ނުކުމެއްޖެނަމަ ދެންވާގޮތް ބަލަން” ތިބުމަށާ، އެމީހުން ނޫނީ އަޅުގަނޑުމެން ހައްޔަރުކުމަށް ފުލުހުންނަށް ގޮވާލެއްވިއެވެ.

މައުމޫނަކީ ރަޖަމުކުރުމާ ގިޞާސްހިފުމާ ހައްދުޖެހުމާ ގަތުލުކުރުމާ އަންހެނުންގެ ޢައުރަ ނިވާކުރުމަށް އިންކާރު ކޮށްފައިވާ މީހަކަށްވުމުން ދަންނަބޭކަލުން ބުނަނީ އެފަދައިން އިންކާރުކުރާ މީހާއަކީ ކާފިރެއްކަމުގައެވެ. މިވާހަކަތަކަކީ ތިޔަބުނާ އިމްރާނު ހިމެނޭގޮތަށް 44 ދަންނަބޭކަލުން ލިޔެފައިވަ ފޮތުގައި ހުރިވާކަތައް ކަމަށާ މިއަދު އެފަދަ ލާދީނީ މީހަކާ ގުޅިގެން ރާއްޖޭގެ އިސްލާމީވެރިކަން ވައްޓާލާ ދިވެހިންމަރަން ނުކުމެއްޖެ ކުޅިދައްކާލާނޭކަމަށް މޫސަވިދާޅުވިއެވެ. އަދި މިރާއްޖޭގައި މިއޮތް އިސްލާމްދީން ހިމާޔަތް ކުރުމަށް ސަރުކާރަށް ކުރެވުނު ހުރިހާމަސައްކަތެއް ކުރައްވާނޭކަމަށާ މިފަދަ ބަޔަކު މިރާއްޖެ ފަސާދަކުރުމަށް ހިންގާ ލާދީނީ ޙަރަކާތާ ދެކޮޅަށް އަޅުގަނޑުމެއް ރައްޔިތުން ނުކުންނާނޭ ކަމުގައިވެސް މޫސަވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ މިރާއްޖޭގެ ދަންނަބޭކަލުންނަށް މިނިވަންކަމާއެކު އިސްލާމްދީން ފެތުރުމުގެ މިނިވަންކަން ހޯދާ ދިނީ ރައީސް ނަޝީދުކަމަށާ އެއްވެސް ދަންނަބޭކަލަކަށް ގޯނާކޮށް ޖަލަށްލާ ތުނބުޅީގައި ސޯސްޖާހާ ބާލާފައިނުވާނޭކަމަށް ވިދާޅުވެ މައުމޫނަށް ދެން އެފަދަ ފުރުޞަތެއް ދިވެހީންގެ ފަރާތުން ނުލިބޭނެ ކަން އެނގުމުން އެއުޅެނީ މިރާއްޖެ ފަސާދަކޮށް ދީނީ ހަމަނުޖެހުން އުފައްދަން ކަމަށާ އެފަދަ ފުރުޞަތެއް އަޅުގަނޑުމެން ނުދޭނޭކަމަށް އަޑަށް ބާރުލައްވާ ވިދާޅުވިއެވެ.